ads
އަބްދުއްރަހީމް--
ރައްޔިތުން ނުކުމެ ރައީސް ސާލިހު ހައްޔަރު ކުރަން ގޮވާލައިފި!
ރައްުޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހައްޔަރުކުރަން ޕީއެންސީގެ ރައީސް އަބްދުއްރަހީމް، އަދުރޭ ގޮވާލައްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައްޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރިއަސް ސިފައިންނާ ފުލުހުން އެކަން ބަލައިގަންނާނެކަމަށެވެ. 

އަދި އަދުރޭ ވަނީ މިޔަންމާގައި ސިފައިން ނުކުމެ ހިންގި ބަގާވާތަައް ވެސް ތާއީދުކޮށް ވާހަކަދައްކަވާފައެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުންނަށްވެސް ސަރުކާރާ ދެކޮޅަށް ނުކުތުމަށް އަދުރޭ މިރޭ ވަނީ ގޮވާލާފައެވެ. އެގޮތައް އެދިލައްވަނީ "އިހުލާސްތެރިކޮށް" ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވަނީ 2012 ވަނަ އަހަރު ފެބުރުއަރީ 7 ވަނަ ދުވަހު ވީފަދަކަމެއް ވެގެން ނަމަވެސް، މި ސަރުކާރު ނިމުމަކަށް އައުމަށް އެދޭކަމަށް ވެސް ވިދާޅުވެފައެެވެ. 

އަދުރޭ މިރޭ ބުނީ ފެބުރުއަރީ މަހަކީ އެމްޑީޕީން "ބޮޑިއެއް ބުއި" މަހެއްކަމަށެވެ.

"ހުއްޓާ ނުލަ ސައުވީސް ގަޑީރު ވެސް މުޒާހަރަ ކުރަން ޖެހިދާނެ،" އަދުރޭ

މިރޭގެ ޖަލްސާގައި އަދުރޭ ސަރުކާރަށް ފާޑުކިޔަމުން ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާ ކުރީގެ ރައީސް ޔާމިން މިނިވަން ނުކުރަނީސް ހަރަކާތްތައް ހުއްޓާ ނުލާނެކަމަށް ބުނެފައެވެ. 

29%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
47%
ވަރަށް ސަލާމް
ކޮމެންޓްސް