ads
ޕްރިޔަންކާ
ކުއްތާ އާ އެއްގޮތައް ޕްރިޔަންކާ ހެދުމެއް އަޅައިފި
ފިލްމީ ތަރިންނަކީ އެމީހުން ކޮންމެ ކަމެއް ކުރިޔަސް ވެސް އެތައް ބައެއްގެ ސަމާލުކަން ލިބޭ ބައެކެވެ. ބައެއް ފަހަރު އެ ހޯދާ ސަމާލުކަން އެކީ ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވެއެވެ. ގެންގުޅޭ ކުއްތާއާއި އެއް ވައްތަރު ހެދުން އަޅައިގެން މިފަހަރު ގިނަ މީހުންގެ ސަމާލުކަން ހޯދައިފައި މިވަނީ ޕްރިޔަންކާ ޗޯޕްރާ އެވެ.

ލަންޑަންގައި އޭނާގެ ކުރިއަށް އޮތް ފިލްމްގެ ޝޫޓިންއަށް ގޮސް އުޅޭ އިރު ޕްރިޔަންކާ އަންނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީ އަޕްޑޭޓް ކުރަމުންނެވެ. 

ޕްރިޔަންކާ އޭނަގެ ކުއްތާއަށް ޑަޔާނާ އެކު ޓައިގާ ޕްރިންޓް ހެދުމެއްގަ ނަގާފައިވާ ފޮޓޯ ސޯޝަލް މީޑިއާ އަށް އަޕް ކުރުމުން ގިނަ ބަޔަކު ވަނީ އެ ހެދުން ވަރަށް ރީތި ކަމަށް ބުނެފައެވެ. 

ޕްރިޔަންކާ އާންމު ކުރި ފޮޓޯގެ ކެޕްޝަންގަ އިނީ “އަ ވައިޓް ޓައިގާ އެންޑް ހާ ކަބް” ޖަހާފައެވެ. 

މިފޮޓޯ ވަނީ ސޯޝަލް މީޑިއާގަ ވައިރަލްވެފަ އެވެ. 

your imageޕްރިއަންކާ ޢާ ޑަޔާނާ-

ބެލެވޭ ގޮތުގަ ޕްރިޔަންކާ އަދިވެސް އެ އުޅެނީ “ވައިޓް ޓައިގާ” ޕްރޮމޯޓް ކުރުމުގައެވެ.

ވައިޓް ޓައިގާ ނެޓްފްލިކްސްގައި ރިލީޒް ކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެއާއެކު ގިނަ ބައެއްގެ ތައުރީފު ވަނީ މި ފިލްމަށް، އަދި ފިލްމުގެ އެކްޓަރުންނަށް އަމާޒުވެފައެވެ. ހާއްސަކޮށް ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ އަދަރްޝް ގޯރަވްގެ އެކްޓިންގްއަށް ގިނަ ބަޔަކު ތައުރީފު ކޮށްފައިވެއެވެ. 

މި ފިލްމަކީ 2008 ވަނަ އަހަރު އަރަވިންދް އަދިގާ ރިލީޒްކުރި ދަ ވައިޓް ޓައިގާ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އެގޮތުން މި ފިލްމުން ފެންނިގެންދަނީ އިންޑިއާގެ މުއްސަނދި އާއިލާއެއްގެ ޑްރައިވަރެއް، އޭނާގެ ރަނގަޅު ވިސްނުމުގެ ބޭނުން ހިފާ، ފަގީރުކަމުން ސަލާމަތްވާ ގޮތެވެ. އަދި އޭނާ ބޮޑު ވިޔަފާރިވެރިއަކަށް ވުމަށް ކުރާ މަސައްކަތާއި، އެކަން ހާސިލު ކުރާ ގޮތެވެ.

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް