ads
ޑީޖޭއޭ
ކޮންމެ ކޯޓަކަށް ވެސް ފައިސާ ބަލައިގަނެވޭނެ ގޮތް ހަމަޖައްސައިފި
ޝަރުއީ ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ ރާއްޖޭގެ ކޮންމެ ކޯޓަކަށް ވެސް ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
ޝަރުއީ ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ ރާއްޖޭގެ ކޮންމެ ކޯޓަކަށް ވެސް ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ނެރެފއިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ރާއްޖޭގެ ކޯޓުތަކާއި އެ ކޯޓުތަކުގެ ގޮފިތަކުން ހޯދާ ހިދުމަތްތަކާއި ގުޅިގެން ދައްކަންޖެހޭ ފީ ތަކާއި ބަހައްޓަންޖެހޭ ޑިޕޮޒިޓާއި އެ ތަންތަނުގެ ހުކުމްތަކާއި އަމުރުތަކާއި އެންގުންތަކާއި ޗިޓް ތަކުގެ ދަށުން ދައްކަންޖެހޭ ފައިސާ ޑީޖޭއޭ އާއި ރާއްޖޭގެ ކޮންމެ ކޯޓަކަށް ވެސް މިހާރު ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

"ވީމާ އެ ފައިސާ ދެއްކީ އެ ފައިސާ އަސްލު ލިބެންވީ ކޯޓު ނުވަތަ ބްރާންޗަށް ކަމަށް ނުވި ނަމަވެސް އެ ފައިސާއެއް ދެއްކީ ކަމުގައި ބަލައި އެ ފަރާތަކަށް ދޭންޖެހޭ ހިދުމަތެއް ދިނުމަށް ދަންނަވަމެވެ،" ޑީޖޭއޭގެ ސާކިއުލާގައިވެ އެވެ.

ސާކިއުލާގައި ބުނެފައިވަނީ ކޮންމެ ކޯޓަކުން ފައިސާ ބަލައިގެން ނަމަވެސް އެ ފައިސާއެއް އަސްލު ލިބެންޖެހޭ ކޯޓަށް، އެ ފައިސާ ބަލައިގެން ކޯޓަކުން އެކަން އަންގާ އަދި ފައިސާ ހަވާލުވެސް ކުރަންވާނެ ކަމަށެވެ.

ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ޕަބްލިކް އެކައުންޓަކަށް ޖަމާކުރަން ޖެހޭ ފައިސާ ޖަމާކުރުމާއި، ފައިސާ ލިބެންޖެހޭ ފަރާތުގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާނީ އެ ފައިސާއެއް ބަލައިގެން ކޯޓަކުން ކަމަށާއި ނަމަވެސް އެ ފައިސާއެއް ދައްކަން އަމުރު ކޯޓަށް، އެ ފައިސާ ބަލައިގެން ކޯޓަކުން އެކަން އަންގަން ވާނެ ކަމަށްވެސް ސާކިއުލާގައި ވަނީ ބުނެފަ އެވެ.

ޑީޖޭއޭގެ މިސާކިއުލާ އަށް އަމަލުކުރަން ޖެހެނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް