ads
ހިފެހެއްޓި ބޯޓު——
ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ބޯޓެއް ހިފަހައްޓައިފި
ދިވެހިރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް "ކާމިޔާބު"ގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މިއަދު ސ.ގަމުގެ ދެކުނުން 15 ނޯޓިކަލް މޭލު ބޭރުން، ދިވެހިރާއްޖޭގެ ހާއްސަ އިޤުތިސާދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ސ.މަރަދޫ "ރަސްކުރި" ދޯނިން މިއަދު 14:27 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އަދި އެބޯޓާއި ބެހޭ މައުލޫމާތު ނެގުމަށް މިހާރު އެ ބޯޓު ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. 

އެމްއެންޑީއެފުން ބުނީ އެއީ ލަންކާ ބޯޓެއް ކަމަށާއި، އެ ބޯޓުގައި ތިބީ 5 ފަޅުވެރިންކަމަށް ކަމަށެވެ. އެ މައްސަލަ ބަލަމުން އަންނަކަމަށް ސިފައިން ބުނެއެވެ.  

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް މީގެ ކުރިންވެސް އެކި ފަހަރުމަތިން ބޭރުގެ ބޯޓު ފަހަރުތައް ވަނީ އަތުލާގަންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް