ads
ބަޖެޓު ދިރާސާކުރާ ކޮމެޓީގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ -- ފޮޓޯ / މަޖިލިސް
300 މިލިއަން ޑޮލަރުގެ ބޮންޑު ޖަޕާނަށް ވިއްކަނީ
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓު ޑެފިސިޓު ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ޓްރެޒަރީ ބޮންޑު ވިއްކުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
Advertisement
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓު ޑެފިސިޓު ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ޓްރެޒަރީ ބޮންޑު ވިއްކުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ބަޖެޓް ޑެފިސިޓް ހަމަޖެއްސުމަށްޓަކައި ފައިސާ ރައްކާ ކުރެވިފައިވާ ނިޒާމެއް ނެތް ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓް ޑެސިފިޓް ހަމަސައްޖަން ނިންމާފައި ވަނީ ޓްރެޒަރީ ބޮންޑާއި ޓީބިލް ވިއްކައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ގޮތުން ރާއްޖޭން ބޭރަށް ވިއްކާ ބޮންޑަކަށް އޮތީ ޖަޕާނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. ސަމުރާއީ ބޮންޑަކީ ޖަޕަނީސް ޔެން އިން އަގުކުރާ އަދި އެ ގައުމުން ބޭރުގެ ފަރާތްތަކުން ވިއްކާ ބޮޑެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ވިއްކާފައި ހުރި ރޭޓަށްވުރެ މާ ރަނގަޅު ރޭޓެއްގައި އެ ބޮންޑު ލިބިގެންދާ ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި އެ ބޮންޑުގެ އިންޓެރެސްޓް ރޭޓްގެ ގޮތުގައި މިހާރު ކަނޑައެޅިފައި ވަނީ 0.75 ޕަސެންޓެވެ. ގެރެންޓީ ފީއާއި މެނޭޖްމަންޓް ފީއާއެކު އެ އަދަދަށް ކުޑަ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުން 300 މިލިއަން ޑޮލަރު އެއްފަހަރާ ޕްލޭސްކުރާނެ ކަމަށެވެ. އެހެންނަމަވެސް 300 މިލިއަން ޑޮލަރު އެއްފަހަރާ ޕްލޭސް ކުރާނީ ތިން ޓްރާންޗެއްގެ ގޮތުގައި ކަމަށެވެ.

"އެއީ 8 އަހަރުން މެޗުއާވާ އެއްޗަކާއި 9 އަހަރުން މެޗުވާއާ ގޮތަށާއި 10 އަހަރުން މެޗުއާވާ ގޮތަށް. އެހެންވީމަ 100 މިލިއަން ޑޮލަރުގެ ތިން ޓްރާންޗެއް ހިމެނޭ،" އަމީރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ބަޖެޓް ޑެފިސިޓް ހަމަޖެއްސުމަށްޓަކައި ފައިސާ ރައްކާ ކުރެވިފައިވާ ނިޒާމެއް ނެތުމުން އަންނަ އަހަރުގެ ބަޖެޓް ޑެސިފިޓް ހަމަސައްޖަން ނިންމާފައި ވަނީ ޓްރެޒަރީ ބޮންޑާއި ޓީބިލް ވިއްކައިގެން ކަމަށެވެ.

އެ ގޮތުން ރާއްޖޭން ބޭރަށް ވިއްކާ ބޮންޑަކަށް އޮތީ ޖަޕާނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. ސަމުރާއީ ބޮންޑަކީ ޖަޕަނީސް ޔެން އިން އަގުކުރާ އަދި އެ ގައުމުން ބޭރުގެ ފަރާތްތަކުން ވިއްކާ ބޮޑެވެ.

"[ބޮންޑު ވިއްކުމުގެ] އެ މަސައްކަތް މިހާރު ވެސް އެބަ ކުރިއަށް ގެންދަން. އެއީ ޖަޕާންގެ މާރުކެޓަށް އަޅުގަނޑުމެން ވިއްކާ ސަމުރާއީ ބޮންޑެއް. މިހާރު އަޅުގަނޑުމެން ސަރުކާރުން ވިއްކާފައި ހުރި ރޭޓަށްވުރެ މާ ރަނގަޅު ރޭޓެއްގައި އަޅުގަނޑުމެންނަށް މި ލިބިގެންދޭ." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި އެ ބޮންޑުގެ އިންޓެރެސްޓް ރޭޓްގެ ގޮތުގައި މިހާރު ކަނޑައެޅިފައި ވަނީ 0.75 ޕަސެންޓެވެ. ގެރެންޓީ ފީއާއި މެނޭޖްމަންޓް ފީއާއެކު އެ އަދަދަށް ކުޑަ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އެ ބޮންޑު ވިއްކަނީ 100 މިލިއަން ޑޮލަރުގެ ތިން ޓްރާންޗެއް ހިމެނޭ ގޮތަށެވެ. ޓްރާންޗަކީ ސެކިއުރިޓީސް ވިއްކާއިރު އެއް މާލީ މުއާމަލާތެއްގެ ގޮތުގައި އެކަމަކު އެކި ފަހަރު މަތިން ފައިސާ ދައްކާ ގޮތަށް ވިއްކާ ޑީލެކެވެ.

"ތިންސަތޭކަ މިލިއަން ޑޮލަރު އަޅުގަނޑުމެން އެއްފަހަރާ ޕްލޭސްކުރާނީ. އެކަމަކު ތިން ޓްރާންޗެއްގެ ގޮތުގައި. އެއީ 8 އަހަރުން މެޗުއާވާ އެއްޗަކާއި 9 އަހަރުން މެޗުވާއާ ގޮތަށާއި 10 އަހަރުން މެޗުއާވާ ގޮތަށް. އެހެންވީމަ 100 މިލިއަން ޑޮލަރުގެ ތިން ޓްރާންޗެއް ހިމެނޭ،" އަމީރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގައި ބަޖެޓް ޑެފިސިޓްގެ ގޮތުގައި ވަނީ 5.6 ބިލިއަން ރުފިޔާ އެވެ. ޑެފިސިޓް ހަމަޖައްސަން ބޭނުންވާ އިތުރު 563 މިލިއަން ރުފިޔާ ޓީ ބިލްގެ ގޮތުގައި ވިއްކުމަށް ހަމަޖެހިފައިވެ އެވެ. ޓީބިލް ވިއްކާނީ މިހާރު ވެސް އެމްއެމްއޭ އިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް