މައުލޫމާތު ލިބޭ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުގައި ސަލްމާ މަރުވީ، ވިހެއުމަށްފަހު ލޭ މަނާ ނުވެގެންނެވެ.
އޭނާ ވިހެއުމުގެ ކުރިން ސިޒޭރިއަންއަކަށް ދިއުމަށް އާއިލާއިން އެދުނު ނަމަވެސް، ޑޮކްޓަރު އެގޮތަށް ހުއްދަ ނުދިނީ ސިޒޭރިއަން، ހަދަން އުނދަގޫ ވާނެތީ ކަމަށް ބުނެ ކަަމަށް އާއިލާއިން ބުންޏެވެ.
ސަލްމާ މަރުވިއިރު އޭނާގެ އުމުރަކީ 25 އަހަރެވެ. ސަލްމާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ އާސަހަރާ މިސްކިތުގައި މިރޭ 22:00 ގައެވެ.