 
                                                                                                
                    ވަރުން އަކީ އޭނާގެ ދިރިއުޅުމުގެ ކަންކަން އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާއި ހިއްސާ ކުރަމުން އަންނަ ތަރިއެކެވެ.
އެގޮތުން ވަރުން ހިއްސާ ކުރި އިންސްޓާ ސްޓޯރީއެއްގައި އޭނާ ވަނީ އިންސްޓަގްރާމްގައި އޭނާގެ ބެބެ ރޯހިތްގެ ނަމުގައި ހިންގާ އެކައުންޓަކީ ފޭކް އެކައުންޓެއްކަަމަށެވެ. އަދި އެކަމަށް ސަމާލު ވުމަށް ވަރުން އެދެފައިވެއެވެ.
ވަރުން ބުނީ އޭނާގެ ބޭބެ ރޯހިތަކީ އިންސްޓަގްރާމް ބޭނުން ކުރާ މީހެއް ނޫން ކަމަށެވެ.
މިހާތަނަށް ބޮޑު ސްކްރީނުން ފެނިފައި ނުވި ނަމަވެސް، ރޯހިތަކީވެސް ބޮލީވުޑްގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ހުނަރުވެރިއެކެވެ. އެގޮތުން ރޯހިތް ވަނީ ދޭސީ ބޯއީސް އަދި ޑިޝޫމް ފަދަ ފިލްމުތައް ޑައިރެކްޓުކޮށްފައެވެ.