ads
އައްޑޫ ސިޓީ
އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަހަރެއް އައްޑޫގައި ހަދަނީ
މިއަހަރު ރާއްޖޭގައި މުޅިން އަލަށް ''އެލްޑަރްލީ ވިލެޖެއް''' ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ސާލިހު މިއަދު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިދިނުމަށްޓަކައި، ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށެވެ.

އެކުދިންނަށް ބޭނުންވާ ތެރަޕީއާއި ފަރުވާ ލިބޭނެ ވަސީލަތްތަކާއެކު، ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށާއި ފަހުރުވެރިކަމާއެކު، ދިރިއުޅެވޭނެ މާހައުލެއް ގާއިމްކުރުމަށްޓަކައި، މުޅިން އަލަށް އެލްޑަރްލީ ވިލެޖެއް، އައްޑު އަތޮޅުގައި ގާއިމްކުރުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިއަހަރު ހަރުކަށި ފިކުރުގެ އޮއިވަރުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް މުހިންމު މަސައްކަތްތައް ކުރެވުނު ކަމަށާއި އިސްލާމް ދީނުގެ މަތިވެރި އިޖްތިމާއީ އުސޫލަކީ، ކުޑަކުދިންނަށް އަޅައިލުމާއި، އެކަކު އަނެކަކަށް އެހީތެރިވެ އެކުވެރިކަމުގައި އުޅުން ކަމަށްވާއިރު، ދީނުގެ ނަމުގައި، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް، ހައްގުތަކުން މަހްރޫމްކޮށް، މުޖްތަމައު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް