ދާދި ފަހުން ބޮލީވުޑްގެ މަޝްހޫރު ހީރޯ އަދި ޝްރައްދާގެ ގާތް އެކުވެރިއެއް ކަމަށްވާ ވަރުން ވަނީ ކައިވެނި ކޮށްފައެވެ. އެއާއެކު ގިނަ ބަޔެއްގެ ކަޅިތައް މިހާރު ހުއްޓިފައި ވަނީ ޝްރައްދާ އަށެވެ. އޭނާ ކައިވެނި ކުރަން ވިސްނަނީ ކޮން އިރަކުންތޯ އެއީ މިހާރު ގިނަ ބަޔަކު ކުރަމުންދާ ސުވާލެކެވެ.
އެގޮތުން އިންޑިއާގެ ޕަޕަރާޒީއިން ޝްރައްދާ ކައިރީގައި ކައިވެނި ކުރަނީ ކޮން އިރަކުތޯ ކުރި ސުވާލަށް ޖަވާބު ދެމުން އޭނާ ބުނެފައި ވަނީ އަދި ކައިވެނި ކުރަން ނޫޅޭ ކަމަށާއި އެކަމަށް އަދި ވަރަށް ވަގުތު އޮތް ކަމަށެވެ.
ޝްރައްދާ ކަޕޫރު ރަށްޓެހިވެގެން އުޅޭ ކަމަށް ގިނަ ބަޔަކު ބުނަމުން ދަނީ ބޮލީވުޑްގެ މަޝްހޫރު ފޮޓޯގްރާފަރެއް ކަމަށްވާ ރޯހަން ޝްރިޝްތާ އާއެވެ. ނަމަވެސް އަދި އެވާހަކަ އެދެމީހުން ޔަގީންކޮށްދީފައެއް ނުވެއެވެ.