ads
ޗައިނާ ސަފީރު އަދި ފޮރިން މިނިސްޓަރު
ޗައިނާއިން ރާއްޖެއަށް 100،000 ޑޯޒް ވެކްސިން ހަދިޔާކުރަނީ
ޗައިނާއިން ރާއްޖެއަށް 100،000 (އެއް ލައްކަ) ޑޯޒް ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ސަފީރު މިކަން އާންމު ކުރީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

އެގޮތުން މިކަން ދިވެހި ސަރުކާރާއި ހިއްސާކުރެއްވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި މިއަދު ބައްދަލު ކުރެއްވި ކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ. އަދި މި ވެކްސިން ޑޯޒްތައް ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމުގެ ކަންކަން މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާ ސަފީރު ވިދާޅުވީ ޗައިނާ އިން މަސައްކަތް ކުރަނީ މި ބަލިމަޑުކަމުގެ ތެރޭގައި، ކޮވިޑް ވެކްސިނަކީ "ޕަބްލިކް ގުޑް" އަކަށް ހެދުމަށް ކަމަށެވެ.

މި ޓުވީޓުގައި ޗައިނާ ސަފީރު ހިއްސާ ކުރައްވާފައިވަނީ ސައިނޯފާމް ވެކްސިންގެ ފޮޓޯއެކެވެ. ސައިނޯފާމް ވެކްސިނަކީ ޗައިނާއިން އުފައްދާފައިވާ ކޮވިޑް 19ގެ ވެކްސިނެކެވެ. މި ހަފްތާގައިވެސް ރާއްޖެއަށް ހެޔޮ އެދޭ ފަރާތަކުން ވަނީ މި ވެކްސިންގެ 5000 ޑޯޒް ހަދިޔާކޮށްފައި ކަމަށް މީގެ ކުރިން އެޗްއީއޯސީން ބުނެފައިވެއެވެ. މިހާތަނަށް މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި ނުވި ނަމަވެސް، މި ވެކްސިނާއި ގުޅޭ އިތުރު މައުލޫމާތާއި ޑޭޓާ ހޯދުމަށްފަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެކްސިން އެޕްރޫވް ކުރާނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް