ތްރިޝާލާ އަކީ އާންމުކޮށް މީޑިއާ އާއި ދުރުން އުޅޭ މީހެއް ކަމުގަ ވީ ނަމަވެސް އޭނާގެ އިންސްޓަގްރާމް ފީޑަށް ގިނަ ބަޔެއްގެ ލޯ ހުއްޓެ އެވެ.
ތްރިޝާލާ ކިޔާދިންްގޮތުގަ މަސްތުގެ ވަބާ އަކީ ނުރައްކާތެރި ބޮޑު ކަމުގަ ދެކޭ ކަމަށެވެ. އަދި ބައްޕަ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އިއުތިރާފްވެ، އެ ބޭނުން ކުރުން ހުއްޓަން ކުރި މަސައްކަތަކީ އޭނާ ބައްޕަ އަށް ފަހުރުވެރިވާ ކަމެއް ކަމަށް ތްރިޝާލާ ބުނެފައިވެއެވެ. އަދި އެކަމާ ލަދުގަންނަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމެއް ގަބޫލް ނުކުރާ ކަމަށް އޭނާ ބުނެއެވެ.
ދާދި ފަހުން ސަންޖޭ ވަނީ ސްޓޭޖް ހަތަރެއްގެ ފުއްޕާ މޭގެ ކެންސަަރަށް ޑަޔަގްނޮސްވެފައެވެ. އޭނާ ވަނީ ކެންސަރު ހުރިކަން އިނގުނުތާ މާގިނަ ދުވަސްތަކެއް ނުވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފަ އެވެ.