ads
ރޯހާން އާ ޝްރައްދާ-
ރޯހަން އާއެކު ފޮޓޯއަށް ހުއްޓެން ޝްރައްދާ ދެކޮޅު ހަދައިފި
ޝްރައްދާ ކަޕޫރް އާއި ރޯހާން ޝްރެސްތާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ފެތުރޭތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ޝްރައްދާ ފެންނަ ކޮންމެ ތަނަކުން މީހުން ކުރަނީވެސް އެ ސުވާލެވެ. ދާދި ފަހުން ޝްރައްދާގެ ތިމާގެ ކުއްޖެއް ކަމަށްވާ ޕްރިޔަންކާ ޝަރްމާގެ ކައިވެނީގެ ހަފްލާގައި ޝްރައްދާ ވަނީ ރޯހާން އާ އެކު ފޮޓޯއަކަށް ހުއްޓެން ދެކޮޅު ހަދައިފަ އެވެ.

ޝްރައްދާ ރޯހާން އާ އެކު ފޮޓޯއަކަށް ހުއްޓެން ދެކޮޅު ހެދީ ކީއްވެ ކަމެއް ނޭނގުނު ނަަމަވެސް އޭނާގެ ފޭނުން ދަނީ އެކަމާ ގުޅިގެން ގިނަ ސުވާލު އުފައްދަމުންނެވެ. އެގޮތުން ޝަރައްދާ ފޮޓޯއަށް ނުހުއްޓުނީ އެ ދެމީހުންގެ ވާހަކަ މީޑިއާތަކުން ގެންނަ ގޮތް އޭނާއަށް ކަމުނުދާތީ މީޑިއާތަކަށް ވާހަކަ ދައްކާނެ އިތުރު ސަބަބެއް ނުދިނުމަށް ކަމަށް ވެސް ވެދާނެ ކަމަށް ފޭނުން ބުނެ އެވެ. 

your imageޕަޕާރާޒީން ފޮޓޯއަކަށް ހުއްޓެން އެދުމުން ޝްރައްދާ ވަނީ ނުހުއްޓި އެތަނުން ގޮސްފައި-- 

ނަމަވެސް ކަން ވީ އެހެންނެއް ނޫނެވެ. ޝްރައްދާގެ ފަހަތުން އުޅޭ ޕަޕަރާޒީންތައް ވީ ގިނައެވެ. 

ދާދި ފަހުން ބޮލީވުޑްގެ މަޝްހޫރު ހީރޯ އަދި ޝްރައްދާގެ ގާތް އެކުވެރިއެއް ކަމަށްވާ ވަރުން ވަނީ ކައިވެނި ކޮށްފައެވެ. އެއާއެކު ގިނަ ބަޔެއްގެ ކަޅިތައް މިހާރު ހުއްޓިފައި ވަނީ ޝްރައްދާ އަށެވެ. 

އެގޮތުން އިންޑިއާގެ ޕަޕަރާޒީއިން ޝްރައްދާ ކައިރީގައި ކައިވެނި ކުރަނީ ކޮން އިރަކުތޯ ކުރި ސުވާލަށް ޖަވާބު ދެމުން އޭނާ ބުނެފައި ވަނީ އަދި ކައިވެނި ކުރަން ނޫޅޭ ކަމަށާއި އެކަމަށް އަދި ވަރަށް ވަގުތު އޮތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް