ads
ސުޝާންތު އާއި ރިއާ
ރިއާ ބުނަނީ އޭނާ ރަނގަޅު ކަމަށް
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތްގެ މަރަށް ފަހު އައި ޑްރަގު މައްސަލާގައި ހައްޔަރުކޮށްފައި ހުރި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ މި ވަނީ ގިނަ ދުވަސް ވަންދެން ނުފެނި ހުރުމަށް ފަހު ފެނުނު ދުވަހު މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބުދީފައެވެ.
Advertisement

ރިއާ ޖިމަށް ވަންނަން ކާރު ނިކުތް ތަނާ ޕަޕަރާޒީ އެއް ވަނީ "ހާލު ކިހިނެއް" ތޯ އަހާފަ އެވެ. ކުރު ޖަވާބެއްގައި ރިއާ ބުނީ އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ސުޝާންތުގެ މަރުގެ މައްސަލައަށް ފަހު ފެންމަތިވި ޑްރަގު މައްސަލައިގެ ތަހުގީގަށް ރިއާ ބަންދު ކުރުމުގެ އިތުރުން ދުވާލަކު 12 ގަޑިއިރަށް ވުރެ ގިނައިރު ވަންދެން އެތައް ދުވަހެއްގެ މަތިން ރިއާއާ ސުވާލު ކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރު ވެސް ކުރި އެވެ. 

މިދިޔަ އަހަރު ޖޫން މަހުގެ 14 ވަނަ ދުވަހު މުޅި ބޮލީވުޑް ހިލުވާލީ މަޝްހޫރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އޭނަ މުމްބާއީގައި ދިރިއުޅޭ ގޭގައި ދަންޖެހިފަ ހުއްޓާ ފެނުނު ހިސާބުންނެވެ.

ފުލުހުން އެންމެ ފުރަތަމަ ބުނީ މިއީ އަމިއްލައަށް މަރުވެގެން ހިނގި ކަމެއް ކަމަށެވެ. އެހެން ނަމަވެސް ސުޝާންތުގެ އާއިލާގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބުނަނީ މި މައްސަލައަކީ ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.

އާއްމުންނާއި އާއިލާއިން ދަނީ މިކަމާއި ގުޅިގެން ތުހުމަތުގެ އިނގިލި އެކި ފަރާތްތަކަށް ދިއްކުރަމުންނެވެ. މި މައްސަލާގައި ތުހުމަތުގެ އިނގިލި އެންމެ ބޮޑަށް ދިއްކުރަމުންދަނީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ އަށެވެ.

އެއާއިއެކު ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ނުރުހުން ރިއާއަށް އަމާޒުވި އިރު ގިނަ ބަޔަކަށް އޭނަ އެނގިގެން ގޮސްފައިވަނީ ވެސް އެ ހާދިސާގެ ތެރެއިންނެވެ.

ނަމަވެސް ފަހުން ފުލުހުންގެ އަތުން އެ މައްސަލައިގެ ތަހުގީގު ނަގައި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ސީބީއައި އިން ކުރި ތަހުގީގުން ސުޝާންތު މަރުވީ އަމިއްލައަށް ކަން ސާބިތުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް