ads
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު--
ފަލަސްތީނުގައި ހިންގާފައިވާ ޖަރީމާތައް ބެލޭނެ ކަމަށް ކަނޑައަޅައިފި
ފަލަސްތީނުގެ ބިމުގެ ސަރަހައްދުތަކުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން (އައިސީސީ) ބެލޭނެ ކަމަށް އެ ކޯޓުގެ ފަނޑިޔާރުން އިއްޔެ ކަނޑައަޅައިފި އެވެ.

މިއާއެކު ފަލަސްތީނުގައި ހިންގާފައިވާ ޖަރީމާތައް ބެލުމަށް ޖިނާއީ ތަހުގީގު ފެށުމަށް މަގުފަހިވެ އެވެ. އެހެންކަމުން އިޒްރޭލުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އިޒްރޭލަކީ އައިސީސީގެ މެމްބަރެއް ނޫނެވެ. އެހެންކަމުން އިޒްރޭލުން އެ ނިންމުމާ ދެކޮޅެވެ. އެމެރިކާއިން ވެސް އިޒްރޭލަށް ތާއީދު ކުރާއިރު، ފަލަސްތީނުން ވަނީ އެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ. 

އައިސީސީގެ ނިންމުން ބިނާވެފައި އޮތީ އެތަނުގެ މެމްބަރެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަނެފައި ވާތީ އެކަމުގެ މައްޗަށެވެ. އެގޮތުން 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ގާޒާ، ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސްގެ ސަރަހައްދުގައި ހިންގާފައިވާ ޖަރީމާތައް ބެލޭނެ ކަމަށް ވަނީ ނިންމާފަ އެވެ.

ފަލަސްތީނުގެ ސަރަހައްދުތަކުގައި ޖަރީމާ ހިންގަނީ އިޒްރޭލުގެ އަސްކަރީ ބާރުތަކުގެ އިތުރުން ހަމާސް ފަދަ ޖަމިއްޔާތަކުން ކަމަށް އައިސީސީގެ ފަނޑިޔާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް