ads
ޖީޖީ ދަރިފުޅު ގޮވައިގެން--
ޖީޖީ ދަރިފުޅުގެ މޫނު ނުދައްކަނީ މިހެންވެ!
ޖީޖީ ހަދީދް އާއި ޒެއިން މާލިކްގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ ކުއްޖާގެ ނަމަކަށް ހައި ކިޔާފައިވާއިރު، މިހާތަނަށް ވެސް ދަރިފުޅުގެ މޫނު ދައްކާލާފައެއް ނުވެ އެވެ.

ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުކުރި ނަމަވެސް އެންމެ ފޮޓޯއަކުން ވެސް ހައިގެ މޫނެއް ނުފެނެ އެވެ. ވޯގްއަށް ދިން އިންޓަވިއުއެއްގައި ޖީޖީގެ ދައްތަ ބެލާ މި ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަދައްކާފަ އެވެ.

ބެލާ ބުނެފައި ވަނީ ހައި ކެމެރާތަކަށް ފޮރުވައިގެން އުޅޭ ސަބަބު އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެއީ ދަރިފުޅު އަމިއްލައަށް ގޮތެއް ނިންމުމުގެ އިހްތިޔާރު ނުލިބެނީސް މަޝްހޫރު ކުރަން ބޭނުން ނުވާތީ ކަމަށް ބުންޏެވެ. 

އެގޮތުން ބްލޭކް ލައިވްލީ އާއި ރަޔަން ރެނޯލްޑްސްގެ ތިން ދަރިން ބޮޑުކުރަނީ ވެސް މިގޮތަށް ކަން ފާހަގަކޮށް ބެލާ ބުނެފައި ވަނީ އެގޮތަށް ބޮޑުވާ ކުދިންގެ ދިރިއުޅުން މާ އުފާވެރި ކަމަށެވެ.

އެހެންކަމުން ޖީޖީ އާއި ޒެއިންއަށް މި ވަގުތު އެންމެ މުހިއްމީ ދަރިފުޅުގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުން ކަމަށް އޭނާ ބުނެފައި ވެއެވެ.  

ޖީޖީ ބަނޑުބޮޑުއިރު ވަނީ އެކްޓްރެސް ބްލޭކް ލައިވްލީއާ ވާހަކަ ދައްކައިގެން ދަރިން ބެލުމާ ބެހޭ ގޮތުން މައުލޫމާތު ހޯދާފަ އެވެ. ބެލެވޭ ގޮތުގައި ޖީޖީ ބޭނުން ވަނީ އާދައިގެ ދިރިއުޅުމެއް ދަރިފުޅަށް ހޯދައި ދިނުމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް