ads
ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު ޖުމްހޫރީ މައިދާނުގައި ތިއްބެވި ސިފައިންނާ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ސަން
ފެބްރުއަރީ 7 ޅެން ބައިތުން: "މައާފް ކުރެވޭ ވަރެއް ނޫނޭ"
މީގެ ނުވަ އަހަރު ކުރިން ރާއްޖޭގައި ހިނގާދިޔަ ހާދިސާއަކީ މި ފަހުގެ ތާރީހުގައި ހިނގާދިޔަ އެންމެ ބޮޑު އެއް ހާދިސާ އެވެ. ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް، ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ފުރަތަމަ އިންތިހާބު ކުރި ރައީސުލްޖުމްހޫރިއްޔާގެ ވެރިކަން ނިމުމަކަށް އައި ދުވަހެވެ. އޭރު ރައީސްކަން ކުރެއްވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުންދާ މުހައްމަދު ނަޝީދު އެ ދުވަހުގެ ހަނދާންތައް އާ ކުރެއްވީ ޅެން ބައިތު ތަކަކުންނެވެ.

ޓްވިޓާގައި ހިއްސާ ކުރެއްވި މާނަ ފުން ޅެން ބައިތު ތަކުގައި ނަޝީދު ވިދާޅުވީ އެ ދުވަހުގެ ހަނދާންތައް އަންނަނީ ހިތުގައި ވިކަމުން ކަމަށެވެ. އަދި އެއީ ހަނދާނުން ފިލުވާލެވޭ ވަރުގެ ތަދެއް ނޫން ކަމަށާއި އެ ދުވަހު ހިނގީ "ކުޑަކުޑަ ކުށެއް" ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެތައް ޒަމާންތަކެއް ވަންދެން ވި ގުރުބާނީ ގެއްލިގެން ދިޔެއީ އުދުވާނީ އަމަލުތައް ހިންގާ އަމާންކަން ނަގާލައިގެން ކަމަށާއި އެއީ މައާފު ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

"ހަނދާންތައް ހިތުގެ ވިކަމުން ގެނުވަނީ، ފިލުވޭ ތަދެއް ނޫނޭ. އަދާ ހަމައަށް މި ހާލަތު ގެނައުމީ، ކުޑަކުޑަ ކުށެއް ނޫނޭ. ޒަމާންތަކަކަށް ވި ގުރުބާނީ ފަނާވެވި ޖިސްމު އިންސާނީ. އަމާންކަން ނެއްޓި އުދުވާނީ، މައާފު ކުރާ ވަރެއް ނޫނޭ،" އެމަނިކުފާނުގެ ޅެން ބައިތު ތަކުގައި ވިދާޅުވި އެވެ.

ފެބްރުއަރީ 7، 2012 އަކީ އޭރު އިދިކޮޅުގައި ތިބި ފަރާތްތައް ސިލްސިލާކޮށް މުޒާހަރާ ކުރަމުން ގޮސް، މުޒާހަރާ ހަމަނުޖެހުންތަކަށް ބަދަލުވެ، ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު އެމީހުންނާއެކު ޖުމްހޫރީ މައިދާން ސަރަހައްދަށް ގޮސް ނަޝީދުގެ އިސްތިއުފާއަށް ގޮވާލަން ފެށި ދުވަހެވެ. އެ ދުވަހު ހާދިސާތަކަށް ފަހު އިސްތިއުފާ ދެއްވީ މަޖުބޫރުން ކަމަށާއި އެއީ ބަގާވާތެއް ކަމަށް ނަޝީދު ސިފަކުރައްވަ އެވެ.

38%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް