ads
ޓައިގާ އާއި ކްރިތީ
ހަ އަހަރަށް ފަހު ޓައިގާ އަދި ކްރިތީ އެކުގައި
ދިގު އިންތިޒާރަކަށް ފަހު ކްރިތީ ސަނޮން އަދި ޓައިގާ ޝްރޮފްގެ ފޭނުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. ޓައިގާގެ ކުރިއަށް އޮތް ފިލްމް “ގަންޕަތު” އިން އޭނާ އާއިއެކު ފެނިގެންދާނެ އަންހެން ތަރިއަކީ ކްރިތީ ސަނޮން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މާދަމާ ރަސްމީކޮށް ފިލްމްގެ ކާސްޓް އިއުލާނު ކުރަން ނިންމާފައި ވާއިރު ބައެއް މީޑިއާތަކުން ވަނީ ފިލްމްގެ ކާސްޓުންގެ ނަންތައް އާންމުކޮށްފައެވެ.

އެގޮތުން މި ފިލްމުން ޓައިގާއާ އެކު ދެ އަންހެން ތަރިން ފެނިގެން ދާނެ ކަމަށް ރިޕޯޓް ބުނާއިރު އެ ދެ ތަރިންގެ ތެރެއިން އެއް ތަރިއަކީ ކްރިތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ވިކާސް ބަލް ޑައިރެކްޓް ކުރާ ފިލްމް ގަންޕަތު އަކީ ފިއުޗަރިސްޓިކް އެކްޝަން ތްރިލާ ފިލްމެކެވެ.
 

އެންމެ ފަހުން ކްރިތީ އަދި ޓައިގާ އެކުގައި ފެނިގެން ދިޔައީ ފިލްމު ހިރޯޕަންތީ އިންނެވެ. އޭގެ ހަ އަހަރަށް ފަހު މި .ދެތަރިން އެކުގައި ފެންނަ ފިލްމް ގަންޕަތް ވެގެން ދާނީ ގިނަ ބައެއްގެ އިންތިޒާރުތަކަށް ނިމުން ގެންނަ ކަމަކަށެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް