ads
އުދައްޔު: ފޮޓޯ އާއިލާ
އުދައްޔުގެ ހަށިގަނޑު ޕޯސްޓުމޯޓަމް އަށް ފޮނުވަނީ
ގއ. މާމެންދޫގައި ރޭ ހިންގި މާރާމާރީއެއްގައި މަރުވި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓު މޯޓަމް ހަދަން ފޮނުވަން ނިންމާފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.

ގއ. މާމެންދޫގައި ރޭ ހިންގި މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު މަރާލާފައިވާއިރު، އެ ހަަމަލާގައި ދެން އެ މާރާމާރީގައި ޒަހަމްވެފައިވަނީ މަރުވި ކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް މައުލޫމާތު ލިބެއެވެ. 

މި ހަމަލާގައި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ. 

އުދައްޔުގެ ބޭބެއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. 

އުދައްޔުގެ ބޭބެ ހޮސްޕިޓަލަށް ގެންދިޔައީ އޭނާ ގެންދިޔަތާ ގަޑީރެއްހާ ފަހުންނެވެ. 

ބޭބެފެ ފުއްޕާމެޔަށް ވަނީ ލޭ އެޅިފައެވެ. 

މި ހަމަލާއާ ގުޅިގެން ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. 

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ، މި މައްސަލައިގައި ފުލުހުންގެ އޮގަނައިޒްޑް ކްރައިމް ޔުނިޓުގެ ޓީމެއް އެ ރަށަށް މިއަދު ހެނދުނު ދާނެ ކަމަށެވެ. 

ޕޯސްޓުމޯޓަމް ހަދަން ފޮނުވާކަން އަދި ފުލުހުން ހާމައެއް ނުކުރެއެވެ. 

0%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
77%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް