ads
އުދައްޔު (ވ) އޭނާގެ ދައްތައާއެކު އެންމެ ފަހުގެ އުފަން ދުވަސް ފާހަގަ ކުރަނީ:-
އުދައްޔުއާ ގުޅޭ ގޮތުން ދޮގު ހަބަރު ނުފަތުރަން އާއިލާއިން އެދެފި
ހޯމަ ދުވަހުގެ ރޭ ގއ. މާމެންދޫގައި ގުރޫޕަކުން ހަމަލާ ދީ މަރާލީ އަހުމަދު އުދައްޔުއާ ގުޅޭ ގޮތުން ދޮގު ހަބަރު ނުފަތުރަން އޭނާގެ އާއިލާއިން މިއަދު އެދެފިއެވެ.
Advertisement

އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު މިއަދު ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ ބައެއް ނޫސްތަކުން ދެކޮޅުނުބަލާ ހަބަރު ފަތުރަމުން ގެންދާ ކަމަށެވެ. އެގޮތުން އޭނާއަށް ހަަމަލާ ދިނީ ލޯބީގެ މައްސަލައެއްގައި ކަަމަށް ބުނެ ވެސް ފެތުރީ ދޮގެއް ކަމަށް އާއިލާއިން ބުނެއެވެ.  

"ކަމުގެ ދެކޮޅު ނުބަލާ ހަބަރު ނުލިޔަން އެދެން. ތުން ތުން މަތިން ދެކެވޭ ވާހަކައަކީ އަސްލު ހަގީގަތްތޯ ނުބަލާ ލޯބީގެ ގުޅުމެއްގައި ޖެހުނު މައްސަލައެކޭ ކިޔާ ހަބަރު ނުފެތުރުން އެދެން،" އާއިލާ

އާއިލާއިން ބުނީ އުދައްޔުއަށް ހަމަލާ ދިނީ އެކި ސަބަބުތަކާ ހުރެ ޒަމާނުއްސުރެ އެރަށުގައި ހިންގަމުން އަންނަ މާރާމާރީތަކެއްގެ ތެރެއިން ކަމަށެވެ. 

މި ހަމަލާގައި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ.  

ދޭތެރެއަކުން މާރާމާރީގެ މައްސަލަތައް ކުރިމަތިވާ ކަމަށް އެރަށު ކައުންސިލުން ވެސް މިއަދު ވަނީ ބުނެފައެެވެ.

"ރޭގައި މާރާމާރީ ހިނގި ސަބަބު ސީދާ އަޅުގަނޑުމެންނަކަށް ވެސް ނޭނގޭ. އެކަމަކު ދެ ގްރޫޕެއް ދޭ ތެރޭގައި ހިނގި ކަމެއް އެއީ. ރޭގަނޑު 10:00 ގެ ފަހުން މިކަމެއް ހިނގީ. ދޭތެރެއަކުން ގްރޫޕު މާރާމާރީތައް މި ރަށުގައި ހިނގާ،" މާމެންދޫ ކައުންސިލުގެ ރައީސް މުހައްމަދު ޒައީމް 

އުދައްޔުގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އުމުރުން 21 އަހަރުގެ ފިރުޝާން ޒާހިރަށް ވެސް ހަމަލާ ދިނެވެ. ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އޭނާ މިހާރު ވަނީ ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.  

your imageއުދައްޔު: ފޮޓޯ އާއިލާ

10%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
74%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް