އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށާއި އަދި މިހާރު ކުރިއަށްދަނީ ބޭރުތޮށިލުމުގެ މަސައްކަތް ކަމަށެވެ.
އެ މަޝްރޫޢުގެ ދަށުން، 66،831 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 380 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ. އަދި 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 1880 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނުއެވެ
އެ މަޝްރޫޢަކީ 48.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.