ads
އައްޑޫ ސިޓީ
އައްޑޫގައި ކާފިއު ވަގުތެއް އިއުލާނު ކުރަނީ
އައްޑޫ ސިޓީގައި ކޮވިޑް 19 ގެ ކޭސްތައް ގިނަވެގެން ދިޔުމުގެ ސަބަބުން ކާފިއު ވަގުތެއް އިއުލާނު ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތުދެމުން އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުކުރީ ވިދާޅުވީ އައްޑޫގައި ކޮވިޑް 19 ގެ ކޭސްތައް ގިނަވެ އެ ސިޓީގައި ބިރުވެރިކަމެއް އުފެދިފައިވާތީ މީހުން ނިކުމެ އުޅެވޭ ވަކި ހާއްސަ ގަޑިތަކެއް އިއުލާނު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

އައްޑޫ ސިޓީގައި ކޮވިޑް 19 ހަލުވިކަމާ އެކު ފެތުރެމުންދާތީ، އެ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ވަނީ މިއަދު އަންގާފައެވެ.

އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަހުގެ 17 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް އައްޑޫގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ނުހެދުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

އައްޑޫ ސިޓީ ހުޅުމީދޫން ފެނުނު ކްލަސްޓާއިން މިހާތަނަށް 25 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ހުޅުމީދޫން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްތަކެއް ފެނިފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އެގޮތުން މި މަހުގެ 4 ވަނަ ދުވަހު، އަލާމާތްތައް ފެނިގެން ޓެސްޓުކުރި 4 މީހުން ޕޮޒިޓިވް ވެފައިވާއިރު، އެއީ އެމްޓީސީސީގެ ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ 4 މީހެކެވެ.

މި ކްލަސްޓާ އާއި ގުޅިގެން އެ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ އިތުރު 56 ފަރާތެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރި ކުރުމުން މިމަހުގެ 5 ވަނަ ދުވަހު ވަނީ އޭގެ ތެރެއިން 19 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް