ads
ފުވައްމުލަކުގައި އެމްޓީސީސީން ހަދާ ރިންގް ރޯޑް--- ފޮޓޯ: އެމްޓީސީސީ
ފުވައްމުލަކުން ދެ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ފުވައްމުލަކުން ދެ މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު ސީއެންއެމްއަށް މައުލޫމާތުދެމުން ވިދާޅުވީ މިމަހު 7 ގައ ނެގުނު ރޭމްޓަމް ސާމްޕަލްތަކުގެ ތެރެއިން 2 މީހަކު މިހާތަނަށް ކޮވިޑައް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަދި މިހާރު ކޮންޓެކްޓްރޭސިންގެ މަސައްކަތްތައް ދަނީ ކުރިއަށް ކަމަށާއި އެމީހުންނަކީ އައްޑޫ ކުލަސްޓާއާއި ގުޅުން ހުރި ބައެއްތީ ވެސް ބަލަމުން ގެންދާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އްޑޫ ސިޓީ ހުޅުމީދޫން ފެނުނު ކްލަސްޓާއިން މިހާތަނަށް 25 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ހުޅުމީދޫން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްތަކެއް ފެނިފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އެގޮތުން މި މަހުގެ 4 ވަނަ ދުވަހު، އަލާމާތްތައް ފެނިގެން ޓެސްޓުކުރި 4 މީހުން ޕޮޒިޓިވް ވެފައިވާއިރު، އެއީ އެމްޓީސީސީގެ ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ 4 މީހެކެވެ.

މި ކްލަސްޓާ އާއި ގުޅިގެން އެ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ އިތުރު 56 ފަރާތެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރި ކުރުމުން މިމަހުގެ 5 ވަނަ ދުވަހު ވަނީ އޭގެ ތެރެއިން 19 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް