ads
ވެލެންސިޔާ ޔޫވީ މެޗެއްގެ ތެރެއިން
ވެލެންސިޔާ ކުޅުންތެރިޔަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ދިވެހި ޕްރިމިއަ ލީގުގައި ވާދަ ކުރާ ކްލަބު ވެލެންސިޔާގެ ކުޅުންތެރިއެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވްވީ ވެލެންސިޔާގެ ކުޅުންތެރިޔާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކްލަބު ވެލެންސިޔާގެ ކުޅުންތެރިއަކު ޕޮޒިޓިވްވީ ކަމުގެ މައުލޫމާތު މި ލިބުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެދުކަނޑާލާފައިވާ ދިވެހި ލީގުގެ ކުޅުން އަލުން ފެށުމަށް އެފްއޭއެމުންނާއި ކްލަބުތަކުން އެޗްޕީއޭއަށް ޕްރެޝަރުކުރަމުން އަންނަނިކޮށެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަދި އެއްވަނަ ޑިވިޝަނުގެ ޓީމުތަކުން އަންނަނީ ލީގުގެ ކުޅުން މެދު ކަނޑާލުމާއެކު އެ ނިންމުން ބަދަލު ކުރުމަށް ޕްރެޝަރު ކުރަމުންނެވެ.

ކުލަބު ވެލެންސިޔާގެ ޕޮޒިޓިވްވީ ކުޅުންތެރިޔާ، ލީގު މެދުކަނޑާލުމުގެ ކުރިން އެންމެ ފަހުން ވެލެންސިޔާ ކުޅުނު މެޗުގައިވެސް ކުޅެފައިވެއެވެ. ވެލެންސިޔާގެ ކުޅުންތެރިޔާގެ އިތުރުން ޔުނައިޓެޑް ވިކްޓަރީގެ ތިން ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެ ތިން ކުޅުންތެރިންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިންގެ ތެރެއިން ޕޮޒިޓިވްވީ ދެ ކުޅުންތެރިއަކު މި ވަގުތުވެސް ތިބީ ކޮވިޑް ފެސިލިޓީއެއްގައެވެ. އަނެއް ކުޅުންތެރިޔާ ހުރީ ހޯމް ކަރަންޓީނުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ވެލެންސިޔާ ކުޅުންތެރިއަކާ ޔުނައިޓެޑް ވިކްޓަރީގެ ތިން ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ދިވެހި ލީގުގައި ވާދަކުރާ ކުލަބެއްގެ ހެޑް ކޯޗުވެސް އައިސޮލޭޓްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެހެން ކްލަބެއްގެ ދެ އޮފިޝަލަކު ވެސް އައިސޮލޭޓްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮވިޑާ ގުޅިގެން ދިވެހި ލީގުގެ ކުޅުން މެދުކަނޑާލީ މިދިޔަ ހަފުތާ ތެރޭގައެވެ. މެދުކަނޑާލަން ޖެހުނީ އެޗްޕީއޭއިން އާއްމު ކުރި އުސޫލުގައިވާ ގޮތުން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލަން ޖެހުމުންނެވެ. އެޗްޕީއޭއިން އުސޫލުތައް ހަރުކަށި ކުރަން ޖެހުނީ މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް ސަތޭކައަށްވުރެ އިތުރު ވެގެން ދިޔުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް