ads
ފޮޓޯ--ފޮރިން މިނިސްޓަރީ
ރޮހިންޔާ ރެފިއުޖީންގެ ހައްގުތަކަށް ބައިނަލްއަގްވާމީ ކޯޓުގައި ވަކާލާތުކުރާނަން :ޝާހިދު
ދިވެހިރާއްޖެއިން އަބަދުވެސް ރޮހިންޔާ ރެފިއުޖީންގެ ހައްގުތަކަށް ބައިނަލްއަގްވާމީ ކޯޓުގައި ވަކާލާތުކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭ. ކޭ. އަބްދުލް މޮމެންއާ ބައްދަލުކުރައްވާ، ދެގައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކުގައެވެ.

އެ މަޝްވަރާތަކުގައި ފޮރިން މިނިސްޓަރު ވިދާޅުވީ، ރޮހިންޔާ ރެފިއުޖީންގެ މައްސަލައިގައި ބަންގްލަދޭޝް ސަރުކާރަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ދިވެހިރާއްޖެއިން އަބަދުވެސް ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ހައްގުތަކަށް ވަކާލާތުކުރާނެ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. 

ހަމައެއާ އެކު އެމީހުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާތަކަށް ހައްގު ހޯދައިދިނުމަށް ގެމްބިއާއާއި ގުޅިގެން ބައިނަލްއަގްވާމީ ކޯޓުގައި ރާއްޖެއިން ވަކާލާތުކުރާނެ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ދެގައުމުގެ ދެމެދުގައި ބޭއްވެވި މަޝްވަރާތަކުގައި ދެގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކޮށް ތައުލީމީ، ސިއްހީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. 

އަދި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުން އަދާކުރާ ރޯލުގެ މުހިއްމުކަން ފާހަގަކުރައްވައި، ރާއްޖޭގައި ލިޔެކިޔުން ނެތި އުޅެމުންދާ މަސައްކަތްތެރިންގެ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް އެފަދަ ފަރާތްތައް ރެގިއުލަރައިޒް ކުރުމުގެ މުހިއްމުކަން މިނިސްޓަރު ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެނބުރި ބަންގްލަދޭޝްއަށް ދާން ބޭނުންވާ މިފަދަ ފަރާތްތައް އަނބުރާ ގެންދިޔުމުގައި ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް މޮމެންއަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުމަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންނާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މަޝްވަރާތަކަށްފަހު ދެ ގައުމުގެ ހާރިޖީ ވަޒީރުން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ބަންގްލަދޭޝްއަށް ވަޑައިގަތުމަށް ދެއްވި ދައުވަތަށާއި، ބަންގްލަދޭޝްއިން އަދާކުރެއްވި މެހުމާންދާރީއަށް ބެންގާލީ ބަހުން ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސް ސާލިހްގެ ފަރާތްޕުޅުން ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.

މީގެ އިތުރުން ސިއްހީ އަދި ތައުލީމީ ދާއިރާއަށް ބަންގްލަދޭޝްއިން ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، މެޑިސިން ކިޔަވާ ދިވެހި ދަރިވަރުން އިންޓަރންޝިޕް ހެދުމަށް ބަންގްލަދޭޝް ހިޔާރުކުރާކަން މިނިސްޓަރު ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ބަންގްލަދޭޝްގައިވެސް ކޯވިޑް ފެތުރެމުންދަނިކޮށް، ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމުގެ ބަންގްލަދޭޝްގެ ދީލަތިކަން ހާމަކޮށްދިންކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް