ads
މިޝެލް އޮބާމާ ވޮފަލްސް + މޯޗީ ޝޯގެ މަންޒަރެއްގައި ---
މިޝެލް އޮބާމާ ނެޓްފްލިކްސްގެ ކުޑަކުދިންގެ ޝޯ އަކަށް!
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ މިޝެލް އޮބާމާ، ކުޑަަކުދިންނަށް ހާއްސަ ކޮށްގެން ނެޓްފްލިކްސްއިން ގެނެސްދޭ ޝޯއެއްގައި ފެނިގެންދާނެ ކަމަށް ހާމަ ކޮށްފިއެވެ.

މިޝެލް ކުރި ޓުވީޓެއްގައި ވަނީ، އަންނަ މާޗް މަހު 16ގައި "ވޮފަލްސް + މޯޗީ" ގެ ނަމުގައި ގެނެސްދޭ މި ޝޯ ނެޓްފްލިކްސްގައި ރިލީޒް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކުޑަކުދިންނަށް ހާއްސަ މި ޝޯ އަކީ، ކެއްކުމަށް ހާއްސަ ޝޯއެކެވެ. އަދި މި ޝޯގެ ހޮސްޓެއް ގޮތުގައި މިޝެލްގެ އިތުރުން ޕަޕެޓްތަކެއް ފެނިގެންދާނެ އެވެ.

އެގޮތުން ޝޯގައި ފެންނާނީ އަބަދު އައިސް ކްރީމް ކައިކައި ފޫހިވެފައިވާ، ޝެފުންނަށް ވުމުގެ ހުވަފެން ދެކޭ ދެ ޕަޕެޓްއަށް މިޝެލް އެހީތެރިވާތަން ކަމަށް ޝޯއާއި ގުޅިގެން މިހާތަނަށް އާންމު ކޮށްފައިވާ މައުލޫމާތުތަކުން އެނގެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތަކުގެ، "ހޯމް ކުކްޑް ފުޑް" މި ޝޯއިން ދައްކާނެ ކަމަށް ބުނެފައިވެއެވެ.

މިޝެލް އަދި ބަރަކް އޮބާމާ މި ޝޯގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ތެރޭ ހިމެނޭކަމަށް ބީބީސީން ވަނީ ރިޕޯޓު ކޮށްފައެވެ. އެގޮތުން ނެޓްފްލިކްސް އަށް އެކި ފިލްމާއި ސީރީޒް ޕްރޮޑިއުސް ކޮށްދިނުމަށް މިޝެލް އަދި ބަރަކް އެއްބަސްވުމެއްގައި ސޮއި ކުރެއްވީ 2018 ގައި ކަމަށް ބީބީސީން ބުނެފައިވެއެވެ.

ވޮފަލްސް + މޯޗީ އަކީ ކުޑަކުދިންގެ ދުޅަހެޔޮ ސިއްހަތަކަށް ސަޕޯޓް ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ތެރެއިން ގެނެސްދޭ ޝޯއެއް ކަމަށް މިޝެލް ވިދާޅުވެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް