ads
މަބްރޫކް
ކޮރަފްޝަންގެ ހުރިހާ މައްސަލައެއް ސަރުކާރުން ބަލާނެ: މަބްރޫކް
ކޮރަފްޝަންގެ ހުރިހާ މައްސަލައެއް ސަރުކާރުން ބަލާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

މަބްރޫކް މިހެންވިދާޅުވީ، ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައާއި ގުޅޭގޮތުން ނޫސްވެރިއަކު އަމާޒުކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

މަބްރޫކް ވިދާޅުވީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލައި އެފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަކީ މިސަރުކާރުން ވެރިކަމަށް އައުމުގައިވެސް ވެފައިވާ އެންމެ ބޮޑު އެއް ވައުދު ކަމަށާއި، އެފަރާތްތަކުގެ މައްސަލަތައް ބަލައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ސަރުކާރުގެ ވިސްނުން ބަދަލު ނުވާކަމަށެވެ. 

މަބްރޫކް ވިދާޅުވީ، ސަރުކާރުގެ ވިސްނުންހުރީ އެމްއެމްޕީއާރުސީގެ ހިޔާނާތް އެކަނީ ނޫން ކަމަށާއި، ކޮރަޕްޝަނުގެ ކޮންމެ މައްސަލައެއް ބަލައި އިންސާފު ހޯދުމަށްކަމަށެވެ. އަދި މިހާރުގެ އެސެޓް ރިކަވަރީ ކޮމިޝަނުން އެފަދަ ބައެއް މައްސަލަތައް ބަލައި ދައުވާކުރުމާއި ހަމައަށްވެސް ގޮސްފައިވާ ކަމަށާއި، ނަމަވެސް އެމައުލޫމާތުތައް ހިއްސާކުރެވޭނީ މައްސަލަތައް ގޮސްފައިވާ ހިސާބަށް ބެލުމަށްފަހުގައި ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް