ads
ޑޮކްޓަރުންގެ އިންޒާރެއް އަމީތާބަށް
ބޮލީވުޑުގެ ތަޖުރިބާކާރު ބަތަލު އަމީތާބު ބައްޗަން މިދޭތެރެއިން ބަލިވެ އުޅުނު ހަބަރުވެގެންދިޔައީ އޭނާގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައަކަށެވެ. ދެތިން ދުވަސްވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބޭއްވުމަށް ފަހު އަމީތާބު ދޫކޮށްލިއިރު ބަލި ހާލަތާ ގުޅިގެން ވާހަކަ ދައްކަން އަމީތާބު ބޭނުމެއް ނުވެ އެވެ.

އުމުރުން 77 އަހަރުގެ އަމީތާބު ފިލްމީ ދާއިރާއަށް ނުކުތީ 1969 ވަނަ އަހަރެވެ. މިހާރު އޭނާ ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ މިވަނީ 50 އަހަރު ފުރިފަ އެވެ. އިއްޔެ އަމީތާބު އޭނާގެ ބްލޮގުގައި ޝާއިއު ކުރި ލިޔުމެއްގައި ބުނީ ޑޮކްޓަރުން އިންޒާރު ދީފި ކަމަށެވެ. އެގޮތުން ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށައި އަދި ދުވަސްކޮޅަކަށް ފިލްމީ މަސައްކަތާ ދުރަށް ޖެހިލުމަށް ވެސް ޑޮކްޓަރުން ލަފާދޭ ކަމަށެވެ.

މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އަމީތާބަށް ފަރުވާ ދިނީ މިދިޔަ މަހުގެ 18 ގަ އެވެ.

އޭނާ ފަރުވާ ހޯދާފައިވަނީ ލިވާގެ މައްސަލައަކަށް ކަމަށް ހަބަރުތައް ފެތުރެ އެވެ. އެކަމަކު އެކަން އަމީތާބު ކަށަވަރު ކޮށެއް ނުދެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން އަމީތާބު ބުނީ އޭނާގެ ބަލި ހާލަތުގެ ސަބަބުން ފަސް ކިލޯ ލުއިވެފައިވާ ކަމަށެވެ. އަދި އެއީ ސިއްހަތަށް ބަލައިގެން ރަނގަޅު ކާނާ ކާން ފެށުމުން ކަމަށް ވެސް ބުންޏެވެ.

އައްޑިހައިގެ އަހަރުތަކުގައި އެންމެ ގަދައަށް ވިދާލި އަމީތާބަކީ މިއަދު ވެސް ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ. އެންމެ ފަހުން މިއަހަރުގެ ކުރީކޮޅު ނެރުނު ފިލްމު ބަދްލާއިން ފެނިގެންދިޔަ އަމީތާބުގެ ކުރިއަށް އޮތް ފިލްމަކީ "ބްރަހްމަސްތުރާ" އެވެ. މިފިލްމު ނެރޭނީ އަންނަ އަހަރު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް