ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
އަލީ ވަހީދުގެ ޕާސްޕޯޓު ކޯޓުން ވަނީ އަނބުރާ ހަވާލުކޮށްފައި: ރައީސް އޮފީސް
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ކޯޓުން އެ އަމުރު ބާތިލުކޮށް އަލުން ޕާސްޕޯޓް ހަވާލުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވެފައި މިވަނީ، އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަމުގެ ތުހުމަތު ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. 

މަބްރޫކް ވިދާޅުވީ، ކުރީގެ މިނިސްޓަރު އަލީ ވަހީދުގެ މައްސަލަތަކެއް ފެންމަތިވެ އެކަން ރައީސްގެ ސަމާލުކަމަށް ގެނައުމާއިއެކު އެމަނިކުފާނު މަގާމުން ވަކިކޮށްފައިވާނެކަމަށާއި، އަދި އެއައްފަހު އެ ތުހުމަތުތަކާއި ގުޅިގެން އެކަންކަން ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވާފައިވާނެ ކަމަށެވެ. 

އަދި މިކަންކަމާއި ގުޅިގެން އަލީވަހީދުގެ ޕާސްޕޯޓުވެސް ހިފަހައްޓައި ރާއްޖެއިން ބޭރަށް ފުރުން މަނާކުރިކަމަށާއި، ނަމަވެސް ކޯޓުން އެ އަމުރު ބާތިލުކޮށް ޕާސްޕޯޓް އަލުން އަނބުރާ ހަވާލުކޮށްފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. 

މަބްރޫކް ވިދާޅުވީ، ކޯޓުން އެގޮތަށް ނިންމާފައިވަނީ، އަލީވަހީދުގެ ފަރާތުން، ބަލިހާލަތު ހުރިގޮތާއި ސިއްހީ މައްސަލަތަކެއް ފާހަގަކުރުމުން، އެކަންކަމަށް ފަރުވާކުރަން ކޮންމެހެން ޖެހޭކަމަށާއި، އަދި އެކަންކަމަށް ފަރުވާކުރުން އެންމެ އެކަށީގެންވަނީ ރާއްޖެއިން ބޭރުންކަމަށް ކޯޓަށް ފެންނާތީ ކަމަށް ކޯޓުން ބުނެފައިވާކަމަށެވެ. 

މިމައްސަލައާއި ގުޅިގެން އަދި މިހާތަނަށް ތަހުގީގީ އެހެން އިދާރާއަކުންވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް