ads
އިޔާޒް އަދި ހިސާން
ޖޭއެސްސީގެ ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވުމަށް ޑރ. އިޔާޒް ގޮވާލައްވައިފި
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސްކަމުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އިސްތިއުފާ ދެއްވުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ގޮވާލައްވައިފިއެވެ.

އިޔާޒް މިހެން ވިދާޅުވީ، ހަރާމް ކަންތައްތަކާއި ހަލާލު ކަންތައްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހަކުން ނޫން ކަމަށާއި އަދި އެއީ ވައިބާ ގުރޫޕަކުން ވެސް ކަނޑައެޅޭނެ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަނާ ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ. 

ޑރ. އިޔާޒް ވިދާޅުވީ، ހަރާމް ކަންތައްތަކާއި ހަލާލު ކަންތައްތައް ކަނޑައެޅޭ ގޮތް އެނގި ނުލައްވާ ބޭފުޅަކު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ވެރިޔަކަށް ހުންނެވުމަކީ ދިވެހިންނަށް ހުތުރެއް ކަމަށެވެ. އަދި މިކަން ފަހަގަކުރައްވައި އިޔާޒް ވަނީ ހިސާން އަވަހަށް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. 

ހިސާންގެ ވާހަކަފުޅުތަކަށް ޑރ. އިޔާޒް ރައްދުދެއްވިއިރު ޑރ. އިޔާޒް އަކީ ވައިބާ މެދުވެރިކޮށް ދީނީގޮތުން އެކި މީހުންގެ ހިތުގައި އުފެދޭ އެތައް ސުވާލަކަށް ޖަވާބު ދެއްވަމުން އަންނަ އިލްމުވެރިއެކެވެ. އެހެންކަމުން ހިސާންގެ ވާހަކަފުޅުތަކުގައި ނުސީދާގޮތެއްގައި ޑރ. އިޔާޒްއަށް ބަހުގެ ހަމަލާ އަމާޒުކުރައްވާފައިވާކަން ދޭހަވެއެވެ.

ހިސާންގެ އިތުރުންވެސް މަޖިލީހުގައި މިހާރު، މިއުޒިކުގެ ހުކުމާއިމެދު އެކި މެމްބަރުން ދައްކަވަމުން އަންނަ ވާހަކަފުޅުތަކަށް ޑރ. އިޔާޒް އަންނަނީ ރައްދު ދެއްވަމުންނެވެ. 

69%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް