ads
ފީޖީ ޝަމީމް
އަލީ ވަހީދުގެ މައްސަލައިގައި ދޮގު ހަބަރު ނުފަތުރާ: ޝަމީމް
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ކޯޓުން އެ އަމުރު ބާތިލުކޮށް އަލުން ޕާސްޕޯޓް ހަވާލުކުރި މައްސަލައިގައި ސައްހަ ނޫން މައުލޫމާތު އެބަ ދައުރުވާ ކަމަށާއި. ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެދިވަޑަައިގެންފި އެވެ.

ޖިންސީ އަނިޔާކުރުމާއި ރޭޕްކުރަން އުޅުމުގެ ތުހުމަތުގައި އަލީ ވަހީދު ފުރުން މަނާކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކޮށްފައިވާ ކަަމަށް ފެންނަ ކޯޓު އަމުރެއް މީސްމީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައި ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލާގައި އެންމެ ފަހުން ނެރުނު ކޯޓު އަމުރާއި ގުޅޭ ސައްހަ ނޫން ގިނަ މައުލޫމާތުތަކެއް މީސްމީޑިއާގައި ދައުރުވަމުންދާ ކަމަށެވެ. 

ޝަމީމު ވިދާޅުވީ އެ މައްސަލައާއި ގުޅޭގޮތުން ކަމުގެ ހަގީގަތް ބަޔާންކޮށް މާދަމާ ހެނދުނު ނޫސް ބަޔާނެއް ނެރޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް ޝަމީމް ވަނީ އެދިލައްވާފައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ކޯޓު އަމުރުގައި ވާގޮތުން ބޭސް ފަރުވާއަށް އަލީ ވަހީދު ދާންޖެހޭކަން ކަށަވަރުކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުކޮށް އޭނަގެ ވާހަކަތައް އަޑުއެހުމަށްފަހު އަދި ދައުލަތުގެ ފަރާތުންވެސް އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިޔުމަށް އިލްތިމާސްކޮށްފައިވާކަމަށެވެ. އަދި އަލީ ވަހީދު ފިލާގެން ދިޔުމުގެ އިހްތިމާލް އޮތްކަމަށް ދައުލަތުން ބުނެފައިވާތީ ބޭރަށް ދާއިރު އަލީ ވަހީދުއާއިއެކު ޖާމިނު ވާނެ ފަރާތެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ރާްޖެއިން ބޭރަށް ފުރައިގެން ނުދެވޭގޮތަށް ކޮށްފައިވާ އަމުރު ބާތިލް ކޮށްފައިވާ ކަމަށް އެ ކޯޓު އަމުރުގައި ވެއެެވެ. 

އެ އަމުރާއި ގުޅޭގޮތުން ދައުރުވަމުންދާ ވާހަކަތަކުގައި ގިނަ ސައްހަ ނޫން މައުލޫމާތުތަކެއް ހުރިކަމަށް ޝަމީމް ވިދާޅުވެފައިވާއިރު، އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ކޯޓުން އެ އަމުރު ބާތިލުކޮށް އަލުން ޕާސްޕޯޓް ހަވާލުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވަނީ ވިދާޅުވެފައެވެ. 

މަބްރޫކް ވިދާޅުވީ، ކުރީގެ މިނިސްޓަރު އަލީ ވަހީދުގެ މައްސަލަތަކެއް ފެންމަތިވެ އެކަން ރައީސްގެ ސަމާލުކަމަށް ގެނައުމާއިއެކު އެމަނިކުފާނު މަގާމުން ވަކިކޮށްފައިވާނެކަމަށާއި، އަދި އެއައްފަހު އެ ތުހުމަތުތަކާއި ގުޅިގެން އެކަންކަން ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވާފައިވާނެ ކަމަށެވެ. 

އަދި މިކަންކަމާއި ގުޅިގެން އަލީވަހީދުގެ ޕާސްޕޯޓުވެސް ހިފަހައްޓައި ރާއްޖެއިން ބޭރަށް ފުރުން މަނާކުރިކަމަށާއި، ނަމަވެސް ކޯޓުން އެ އަމުރު ބާތިލުކޮށް ޕާސްޕޯޓް އަލުން އަނބުރާ ހަވާލުކޮށްފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. 

މަބްރޫކް ވިދާޅުވީ، ކޯޓުން އެގޮތަށް ނިންމާފައިވަނީ، އަލީވަހީދުގެ ފަރާތުން، ބަލިހާލަތު ހުރިގޮތާއި ސިއްހީ މައްސަލަތަކެއް ފާހަގަކުރުމުން، އެކަންކަމަށް ފަރުވާކުރަން ކޮންމެހެން ޖެހޭކަމަށާއި، އަދި އެކަންކަމަށް ފަރުވާކުރުން އެންމެ އެކަށީގެންވަނީ ރާއްޖެއިން ބޭރުންކަމަށް ކޯޓަށް ފެންނާތީ ކަމަށް ކޯޓުން ބުނެފައިވާކަމަށެވެ. 

މިމައްސަލައާއި ގުޅިގެން އަދި މިހާތަނަށް ތަހުގީގީ އެހެން އިދާރާއަކުންވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮފައެއް ނުވެއެވެ.

އަލީ ވަހީދަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރަމުން ދަނީ ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން ސްޓާފުންނެވެ. ފިރިހެން ސްޓާފުންނާއި އަންހެން ސްޓާފުން ގުޅިގެން މި މައްސަލަ ރައީސް އޮފީހަށް ހުށަހެޅުމުން އިސްތިއުފާ ދިނުމަށް އޭނާއަށް އެންގި އެވެ.

ނަމަވެސް އިސްތިއުފާ ނުދީ ހުންނެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ މަގާމުން ދުރުކުރައްވާފަ އެވެ. 

38%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް