ads
ނިކް އާއި ޕްރިޔަންކާ
ޕްރިޔަންކާ ބުނަނީ ނިކްއަކީ މުސްކުޅިއެއް ކަމަށް
ބޮލީވުޑްގެ މަޝްހޫރް ފިލްމީ ތަރި ޕްރިޔަންކާ ޗޮޕްރާ އާއި ނިކް ޖޮނަސް ކައިވެނި ކުރީއްސުރެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ދެމީހުންގެ އުމުރު ބޮޑޮތަނުން ތަފާތުވީމައެެވެ.
Advertisement

އެގޮތުން ޕްރިޔަންކާގެ އުމުރުން މިހާރު 38 އަހަރުވެފައިވާއިރު ނިކްގެ އުމުރަކީ 28 އަހަރެވެ. އެހެންކަމުން މި ދެމީހުންގެ ދެމެދުގައި 10 އަހަރުގެ ތަފާތު ހުރުމުން ޕްރިޔަންކާ ކައިވެނިކުރީ އޭނައަށް ވުރެ އެތަށް ގުނަ ކުޑަ މީހަކާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެެވެ.

އެހެންނަމަވެސް ޕްރިޔަންކާ މިވަނީ ނިކްގެ އަމަލު ހުންނަ ގޮތުން އޭނާ އަކީ މުސްކުޅިއެއް ކަމަށް ބުނެފައެވެ. ޕްރިޔަންކާ ބުނީ ނިކް އަކީ ވަރަށް ގިނައިން ސުއްޓާ ބޮއެ އަދި ގޮލްފް ކުޅެ އުޅޭ މީހެއް ކަމަށެވެ. އާންމުކޮށް އެ ދެކަންތައް ވެސް އެމެރިކާގައި ކޮށް އުޅެނީ ރިޓަޔާވެފައި ތިބޭ މުސްކުޅިން ކަމަށް ޕްރިޔަންކާ ބުނެއެވެ. ޕްރިޔަންކާ ބުނީ މިހާރު އުޅޭ ކުދިން ކުރާ ކަމަކަށް ނިކް ކުރަނީ އެންމެ ކަމެއް ކަމަށެވެ. އެއީ ފުޓްބޯޅަ މެޗުތައް ބަލަން ދިއުމެވެ.

ދެމީހުން ފުރަތަމަ ބައްދަލުވި ގޮތާ މެދު ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ އެ ދެމީހުން ފުރަތަމަ ބައްދަލުވީ 2017 ވަނަ އަހަރު އޮތް އޮސްކާ ހަފްލާއަކަށް ފަހު އޮތް ޕާޓީއަކުން ކަމަށެވެ. އެ ޕާޓީއިން ނިކްއާ ދިމާވި އިރު ނިކްގެ ފަރާތުން ފާހަގަކުރެވުނު ސިފަތަކުގެ ތެރެއިން އޭނާއަކީ އަމިއްލަ ނިންމުންތަކަށް އިތުބާރު ކުރާ އަމިއްލަ ނަފްސަށް ވެސް އެހާ އިތުބާރު ކުރާ މީހެއް ގޮތުގައި ފާހަގަކުރެވުނު ކަމަށް ޕްރިޔަންކާ ބުނެއެވެ. އެ ސިފަތަކަކީ ނިކްގެ އެންމެ އަޅައިގަންނަ ސިފަތައް ކަމަށް ޕްރިޔަންކާ ބުނެއެވެ.

ދާދި ފަހުން ޕްރިޔަންކާ ވަނީ އޭނާގެ ދިރިއުޅުމުގެ މައްޗަށް ލިޔެފައިވާ ފޮތެއް ނެރެފައެވެ. އެ ފޮތުގައި އޭނާއަށް ދިމާވި ގޮންޖެހުންތަކާއި ޑިޕްރެޝަނާއި ކުރި ހަނގުރާމައިގައި ދިމާވި ކަންކަމުުގެ ވާހަކަ ވެއެވެ. އަދި އޭނާ ކުޑައިރު އެމެރިކާގަ އުޅުނުއިރު ބުލީގެ ޝިކާރައަކަށްވި ވާހަކަ ވެސް އެ ފޮތުގައި ވެއެވެ. 

33%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް