ads
އދ. އޮމަދޫ
އޮމަދޫގައި މާރާމާރީ ހިނގީ ސްކޫލު ތެރެއިން އުފެދުނު ދެބަސްވުމެއްގެ ސަބަބުން
އދ. އޮމަދޫގައި ކުޑަކުދިންތަކެއްގެ މެދުގައި ރޭ މާރާމާރީ ހިނގާފައި ވަނީ ސްކޫލު ތެރެއިން އުފެދުނު ދެބަސްވުމެއްގެ ސަބަބުން ކަމަށް އެ ރަށު މީހަކު ބުނެފި އެވެ.
Advertisement

ނަން ހާމަ ނުކުރުމަށް އެދި ސީއެންއެމްއަށް މައުލޫމާތު ދެމުން އޮމަދޫއިން ވާހަކަދެއްކި މީހަކު ބުނެފައި ވަނީ އެ ރަށުގައި އެ ހާދިސާ ހިނގާފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށާއި އެ ހަމަނުޖެހުން ފެށުނީ ސުކޫލު ތެރެއިން އުފެދުނު ދެބަސްވުމެއްގެ ސަބަބުން ކަމަށެވެ.

އަދި އެ ހަމަނުޖެހުމުގައި ބައިވެރިވެފައިވަނީ އުމުރުން ނުވަ އަހަރުގެ ދެ ކުޑަ ކުއްޖަކާއި 12 އަހަރުގެ ކުޑަކުއްޖަކު ކަމަށް ވެސް އެމީހާ މައުލޫމާތު ދިނެވެ. އަނިޔާވެފައި ވަނީ 12 އަހަރުގެ ކުއްޖާއަށް ކަމަށް ވެސް އެމީހާ މައުލޫމާތު ދިނެވެ.

އެ ހާދިސާ ހިނގި ގޮތް ކިޔައިދެމުން އެމީހާ ބުނެފައި ވަނީ ރޭގެ މަގުރިބް ނަމާދުން ފައިބައިގެން ތިން ކުދިންވެގެން އަނިޔާވި ކުއްޖާ ފަހަމުން ދުވަމުން ގޮސް ރަށުގެ ބޯޅަދަނޑާ ހަމަޔަށް ގެންދިޔަ ކަމަށެވެ. އަދި ދަނޑިބުރިއާއި އެހެން އެއްޗެހި ބޭނުން ކޮށްގެން ހަމަލާދިން ކަމަށް ބުންޏެވެ. 

އެތަނުގައި ތިބި ތިން އަންހެނުންނަށް އެ މަންޒަރު ފެނިގެން އަވަހަށް ކަމާ ބެހޭ ފަރާތަށް އެންގީ ކަމަށް ވެސް އެމީހާ މައުލޫމާތު ދެއެވެ. 

އަނިޔާވި ކުއްޖާ އިތުރު ފަރުވާއަށް ވަނީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗްއަށް ފޮނުވާފައި ކަމަށް ފުލުހުންނާއި އެ ރަށު ކައުންސިލުން ވެސް މައުލޫމާތު ދިނެވެ. 

އެހެން ނަމަވެސް އައިޖީއެމްއެޗްއިން ބުނެފައި ވަނީ އަނިޔާވެގެން ކުއްޖަކު ގެނައިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އޭޑީކޭ ހޮސްޕިޓަލުން ވެސް ބުނީ އަނިޔާވި ކުއްޖަކު އެތަނަށް ގެނެސްފައި ނުވާ ކަމަށެވެ. 

ފުލުހުން ބުނެފައި ވަނީ އެ މައްސަލަ އިތުރަށް ބަލަމުން ގެންދާ ކަމަށެވެ. ޖެންޑާ މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފުލުހުންނާ ގުޅިގެން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް