ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިއްޔެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަނީ އެކަމުގެ ޔަގީންކަން އަރުވާފަ އެވެ.
ކޮވިޑުގައި މަރުވާ އެންމެން އަންދާނެ ކަމަށް ލަންކާއިން ބުނީ އެމީހުން ވަޅުލައިފި ނަމަ ފެން ފަށަލަ ތަގައްޔަރުވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބުނެ އެވެ. ނަމަވެސް އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ނެތެވެ.
އެކަމާ ހިތްހަމަނުޖެހި މުސްލިމުންނާއި އެހެން ދީނުތަކުގެ މީހުން ވެސް އިހްތިޖާޖުކޮށްފައި ވެއެވެ. އެގޮތުން ނަސާރާއިން ވެސް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
މުސްލިމުން ވަޅުނުލެވޭނެ ކަމަށް ބުނެ ލަންކާއިން އެންމެ ފުރަތަމަ އެދުނީ ކޮވިޑުގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށެވެ. ނަމަވެސް އެކަމަށް އަމާޒުވި ފާޑުކިޔުމާއެކު ދިވެހި ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.