ads
ފޮޓޯ--އެމްޓީސީސީ
ދިއްދޫގައި ބަދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފި
ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި މިއަދު ހަވާލުކޮށްފިއެވެ.

ފްލޭނިން މިނިސްޓަރީއިން ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އޯ.އޯ ޝާހިދު ހުސެއިން މޫސާއެވެ.

މިއަދު ސޮއި ކުރެވުނު މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 326 މީޓަރުގެ އެއްގަމުތޮށި ހެދުމާއި، 616 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 185 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 174 މީޓަރުގެ ނެރު ފައިކަށި ޖެހުމާއި، 2 ނެރުބައްތި ޖެހުމާއި، 58 މީޓަރު ގްރޮއިން ޖެހުމާއި، 40 މޫރިންގް ބޮއި ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

އަދި ބޭރުތޮށީގެ ބަނދަރާވީ ފަރާތުގައި ދެ ކޮންކްރީޓް ޖެޓީ އެޅުމާއި، ރޭމްޕް ހެދުމާއި، 45 ބަނދަރު ބައްތި ޖެހުމާއި، 4320 ސްކޮއާ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށްވެސް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފައެވެ

ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. އަދި އެ މަޝްރޫއަށް ގާތްގަނޑަކަށް 69.8 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.

5000 އާބާދީއެއް އޮންނަ ހއ. ދިއްދޫގައި މިވަގުތުވެސް އުމްރާނީ ތަރައްގީގެ މުހިއްމު މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް