ދުނިޔެ /

ކިމް އާއި އޭނާގެ ފިރިމީހާ ކާންޔޭ
ފިރިމީހާ ބުނި ކަމެއް ނުކުރާމަތިން ކިމްއަށް އެއް މިލިއަން ޑޮލަރު!
09 ނޮވެންބަރ 2019 - 12:43:36
މަޝްހޫރު ރެޕާ ކާންޔޭ ވެސްޓް، އޭނާގެ އަނބިމީހާ ކިމް ކާޑޭޝިއަންނަށް ވަކި ފެޝަން ބްރޭންޑަކަށް މޮޑެލް ނުކުރާ މަތިން މިލިއަން ޑޮލަރުދިން ކަމަށް ކިމް ބުނެފި އެވެ.
މަޝްހޫރު ރެޕާ ކާންޔޭ ވެސްޓް، އޭނާގެ އަނބިމީހާ ކިމް ކާޑޭޝިއަން އަށް ވަކި ފެޝަން ބްރޭންޑަކަށް މޮޑެލް ނުކުރާ މަތިން މިލިއަން ޑޮލަރު ދިން ކަމަށް ކިމް ބުނެފި އެވެ.
ނިއުޔޯކް ޓައިމްސްގެ ދީލްބުކް ކޮންފަރެންސްގައި އެކަން ހާމަކޮށް ކިމް ބުނީ މަޝްހޫރު ބްރޭންޑެއްގެ އިޝްތިހާރެއް ކުޅުމަށް އޭނާ ނޫނެކޭ ބުނުމުން ފިރިމީހާ، އޭނާއަށް އެއް މިލިއަން ޑޮލަރު ދިން ކަމަށެވެ.
ކާންޔޭއަކީ ބޫޓު ބްރޭންޑެއް ކަމަށްވާ ޔީޒީގެ ވެރިޔާވެސް މެއެވެ.
ފިރިމީހާ ވެސް ހުރުމުން ވަރަށް ކިއޫޓް ވާހަކައެއް އާންމުކުރާނެކަން ފާހަގަކޮށް ކިމް ބުނީ އެއް މިލިއަން ޑޮލަރަށް އިންސްޓަގްރާމުގައި ޕޯސްޓެއް ކުރުމަށް ބްރޭންޑަކުން އެދުނު ކަމަށެވެ. އަދި އޭނާ ބޭނުން އެއްޗެއް ލައިގެން އެކަން ކުރުމަށް އެ ބްރޭންޑުން ހުޅުވާލުމުން އެއީ ވަރަށް ފަސޭހަ ކަމެއް ކަމަށް ދެކި އޭނާ ހުރީ އާބަސް ބުނަން ކަމަށާއި ނަމަވެސް އެކަން ފިރިމީހާއާ ހިއްސާކުރުމުން އެދުނީ އެކަން ނުކުރަން ކަމަށް ވެސް ކިމް ބުންޏެވެ.
ކިމް އިތުރަށް ބުނީ އެ ބްރޭންޑާ ގުޅިގެން ފިރިމީހާގެ ކަންބޮޑުވުންތައް ހިއްސާކުރި ކަމަށާއި އެހެންވެ އެކަމަށް ނޫނެކޭ ބުނީ ކަމަށެވެ. އަދި މަންމައިންގެ ދުވަހު ކާންޔޭ ވަނީ ސިޓީ އުރައެއް އޭނާގެ އަތަށް ދީފައި ކަމަށާއި އޭގެ ބޭރުގައި ވަނީ އެ ބްރޭންޑަށް ނޫނެކޭ ބުނުމުން ޝުކުރު ކުރާ ވާހަކަ ކަމަށްވެސް ކިމް ބުންޏެވެ.
މީގެއިތުރުން އޭގައި ވަނީ އެއް މިލިއަން ޑޮލަރުކަން ފާހަގަކޮށް ކިމް ވަނީ އެއީ ބައެއް ފަހަރު ނޫނެކޭ ބުނުމުގެ ބާރުކަމަށް ވެސް ބުނެފަ އެވެ.
މީގެ ފަސް އަހަރު ކުރިން ކިމް އާއި ކާންޔޭ ކައިވެނިކުރިއިރު އެމީހުންގެ ކައިވެންޏަށް ވަނީ ހަތަރު ކުދިން ވެސް ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް