 
                                                                                                
                    ޖަރުމަނުވިލާތުގެ މިއުނިކްގައި މިދިޔަ މަހު އެއްޗެއް ގޮވައި ހިނގި ހާދިސާއެއްގައި ފިހިގެން, ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔައީ ބ. ތުޅާދުއަށް ނިސްބަތްވާ, ފައްޔާޒް ދާއޫދަށެވެ.
މިދިޔަ މަހުގެ އަށްވަނަ ދުވަހު ހިނގި އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ފައްޔާޒް ނިޔާވީ މިއަދުއެވެ. އޭނާ ނިޔާވީ މިއުނިކްގައި ހުންނަ ބޮގޭންހައުސަން ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
އާއިލާގެ ބައެއް މީހުން ބުނާ ގޮތުގައި ފައްޔާޒު ޒަހަމްވީ ކެމިކަލް ގުދަނެއްގައި އެއްޗެއް ގޮވައިގެންނެވެ.