ads
ބޭސް އެތެރެކުރާ ކުންފުނީގެ އެމްޑީ ޑރ. ޝާހް މާހިރު
ބޭސް އެތެރެކުރަން އުފްއެދި ކުންފުނީގެ އެމްޑީއަކަށް ޑރ ޝާހް މާހިރު
ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރަން ސަރުކާރުން އުފެއްދި ކުންފުނި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ. ޝާހް މާހިރު އައްޔަންކޮށްފިއެވެ.
Advertisement

ރައީސް އޮފީހުން ބުނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" އަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމަށް އުފައްދަވައިފައިވާ ކުންފުންޏެއް ކަމަށެވެ.

މި ކުންފުނީގެ އެމްޑީކަމަށް ޑރ. ޝާހް މާހިރު އައްޔަންކޮށް އެ ކުންފުނީގެ ބޯޑަށް އިތުރު ދެ މެމްބަރުން ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ވަނީ އައްޔަންކޮށްފައެވެ. 

ބޯޑަށް އައްޔަންކުރި މެމްބަރު 

  • އައިޝަތު މުހައްމަދު / މ. ކުރެއްދޫގެ 
  • ޝިބާނާ އަބްދުﷲ ދީދީ / ފްލެޓް ނަމްބަރު 10-3-1

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"  އަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ކުންފުނި އުފެއްދިއިރު، މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމަށް ކުންފުންޏެއް އުފެއްދެވިއިރު، އެ މަސައްކަތް ސަރުކާރުގެ ފަރާތުން މިހާތަނަށް ވެސް ކުރަމުން އައީ ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯ މެދުވެރިކޮށެވެ. ރާއްޖެއަށް ޔޫރަޕް ކޮލެޓީގެ ރަނގަޅު ފެންވަރުގެ ބޭސް އެތެރެކުރާނެކަން ރައީސް ކުރިން އޮތީ އިއުލާން ކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް