ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފުވައްމުލަކު ބަނދަރު ސަރަހައްދު-- ފޮޓޯ: އަވަސް
މާދަމާއިން ފެށިގެން ފުވައްމުލަކުގައި ކާފިއު ހިންގަނީ`
މާދަމާ އިން ފެށިގެން ފުވައްމުލަކު ސިޓީގައި ވެސް ކާފިއު ހިންގުމަށް ނިންމައިފިއެވެ.
Advertisement

ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ސިރާރު ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ފިޔަވަޅަށް އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކަމަށެވެ.

އެގޮތުން ރޭގަނޑު 8 އިން ފަތިހު 4 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުމަކީ މަނާ ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުމަކީ ވެސް މަނާ ކަމެއް ކަމަށް ސިރާރު ވިދާޅުވި އެވެ.

އަދި ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތް ދޭ ތަންތަނުގައި ހިދުމަތް ދޭއިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައި ކަމަށް ސިރާރު މައުލޫމާތު ދެއްވި އެވެ.

މީގެ އިތުރުން ޔުނިވާސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން  ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދިނުމެއް ނުހިމެނޭ ކަމަށް ވެސް ސިރާރު ވިދާޅުވި އެވެ.

ސިރާރު ވިދާޅިވީ މާދަމާ އިން ފެށިގެން ކާފިއު ހިންގުމަށް ނިންމާފައިވާއިރު، ފުވައްމުލަކުގައި މިވަގުތު ވަނީ "ދުބާއީ ކްލަސްޓާގެ" ނަމުގައި ކްލަސްޓާއެއް އުފެދިފައެވެ.އަދި އެ ކްލަސްޓާ އިން މިހާތަނަށް 12 މީހަކު ވަނީ ޕޮޒިޓިވް ވެފައިވާ އިރު ހޯމް ކަރަންޓީނުގައި ހުރި 2 މީހަކު ވެސް ވަނީ ޕޮޒިޓިވްވެފައި ކަމަށް ސިރާރު ވިދާޅުވި އެވެ.

އެ ކޭސްތަކާ ގުޅިގެން ފުވައްމުލަށް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް