ads
ރާއްޖެއަށް ފަތުރުވެރިން އައުން--
މިއަދު ރާއްޖެއަށް ރިކޯޑު އަދަދަކަށް ފަތުރުވެރިން އަތުވެއްޖެ
މިއަދު އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހުގެ ރެކޯޑް އާވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަށް 4،700 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ޓޫރިޒަމް ދާއިރާގެ އެންމެންނަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަށް ފަށާފައިވާ ވެކްސިނާއެކު ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލު އުޖާލާ ކަމަށް ވެސް މިނިސްޓަރުގެ ޓްވީޓްގައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރު އިއްޔެގެ ނިޔަލަށް 124،753 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 45.6 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 229،280 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިޒަމް ހުއްޓުމަކަށް ގެންނަން ޖެހުމަށް ފަހު އަލުން ފަށައި އިންޑަސްޓްރީ އަށް މަޑުމަޑުން އަންނަނީ ދިރުން ލިބެމުންނެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވުމުން އެއާ އެކު 2019ގެ ހުރިހާ ޓޫރިސްޓް ރެކޯޑެއް މި އަހަރު މުގުރާލެވޭނެ ކަމަށް މިނިސްޓަރު މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި މިއަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް