ads
ރަށެއްގެ މަގު ހަދަނީ
މާލޭގެ މަގުތަކާއި އެކު އަންނަ އަހަރު 14 ރަށެއްގެ މަގު ހަދަނީ
މާލެ ސިޓީގެ މަގުތަކާއި އެކު އަންނަ އަހަރު 14 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި ބަޖެޓުގައި ފައިސާ ކަނޑައަޅައިފިއެވެ. އޭގެތެރެއިން ދެ ރަށަކީ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފައްޓާ ރަށްތަކެވެ.
Advertisement
މާލެ ސިޓީގެ މަގުތަކާއި އެކު އަންނަ އަހަރު 14 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި ބަޖެޓުގައި ފައިސާ ކަނޑައަޅައިފި އެވެ. މީގެތެރެއިން ދެ ރަށަކީ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފައްޓާ ރަށްތަކެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫއު އޮތީ ވެރިރަށް މާލެ އަށެވެ. މުޅި މާލޭގެ މަގުތައް ހެދުމަށް 79 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދު ތެރޭގެ ރަށްތަކުގައި ވެސް މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ބަޖެޓު ކޮށްފަ އެވެ. ބައެއް ރަށްތަކުގައި މިހާރުވެސް މަގުތައް ހަދަމުން އަންނައިރު އަނެއް ބައި ރަށްތަކުގެ މަސައްކަތްތައް އެވޯޑުކުރެވިފައިވާ މަރުހަލާތަކުގައިވެސް އެބަހުއްޓެވެ.

އަންނަ އަހަރުގެ ބަޖެޓުގައި މަގު ހެދުމަށް ހިމަނާފައިވާ 14 ރަށަކީ މުޅިން އަލަށް މަސައްކަތް ފަށާ ރަށްތަކެވެ. ރާއްޖޭގެ އެންމެ އުތުރުން ހއ. ހޯރަފުށީގެ މަގުތައް ހެދުމުގެ މަސައްތް ފެށުމަށް 13 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާއިރު އެ އަތޮޅު ފިއްލަދޫގެ މަގުތައް ހެދުމަށް ފަސްލައްކަ ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ. ހދ. ނޮޅިވަރަންފަރުގެ މަގުތައް ހެދުމަށް 2.2 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާއިރު ކުޅުދުއްފުށި މަގު ހެދުމުގެ ދެވަނަ ފިޔަވައްސަަށް 4.75 މިލިއަން ރުފިޔާ ވަނީ ބަޖެޓު ކޮށްފަ އެވެ.

ބަޖެޓު ފޮތުގައިވާ ގޮތުގައި ށ. މިލަންދޫގެ މަގުތައް ހެދުމަށް 4.75 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާއިރު ނ. އަތޮޅު މަނަދޫގެ މަގުތައް ހެދުމަށް 2.17 މިލިއަން ރުފިޔާ ވަނީ ބަޖެޓު ކޮށްފަ އެވެ. އެ އަތޮޅު ވެލިދޫއަށްވެސް 2.17 މިލިއަން ރުފިޔާ މަގުތައް ހެދުމަށް ބަޖެޓު ކޮށްފައިވާއިރު ހަމަ އެ އަތޮޅު ހޮޅުދޫ މަގުތައް ހެދުމަށް ފަސްލައްކަ ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ.

ޅ. އަތޮޅު ނައިފަރުގެ މަގުތައް ހެދުމަށް ވެސް ސަރުކާރުން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފަ އެވެ. އެގޮތުން ނައިފަރުގެ މަގުތައް ހެދުމަށް 2.16 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އދ. މަހިބަދޫގެ މަގު ހެދުމުގެ ދެވަނަ ފިޔަވައްސަށް ފަސްލައްކަ ރުފިޔާ ކަނޑައަޅާފައިވާއިރު މ. ކޮޅުފުއްޓަށްވެސް ވަނީ މަގު ހެދުމަށްޓަކައި ފަސްލައްކަ ރުފިޔާ ބަޖެޓުކޮށްފަ އެވެ. އަދި ހަމަ އެ އަތޮޅު މުލަކު މަގު ހެދުމަށް 641.43 މިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފަ އެވެ. މީގެއިތުރުން ގދ. ވާދޫގެ މަގުތައް ހެދުމަށް 3.2 މިލިއަން ރުފިޔާ އަންނަ އަހަރަށް ވަނީ ކަނޑައަޅާފަ އެވެ.

މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 8.5 ބިލިއަން ރުފިޔާ ބޮޑު ބަޖެޓް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފަައި ވަނީ، ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ އެކްޝަން ޕްލޭންގައިވާ މައިގަނޑު ފަސް ކަމެއް ހާސިލް ކުރުމަށެވެ. މި ބަޖެޓްގެ މައިގަނޑު ޚަރަދުތައް ބެހިފައި ވަނީ 8 ކަމަކަށެވެ.

މި އަހަރުގެ ބަޖެޓަކީ 5.6 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި 35.6 ބިލިއަން ރުފިޔާއަކީ ޖުމްލަ ހަރަދެވެ.

އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާ އަކަށެވެ. މީގެތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 22.2 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. އެއީ ޖުމްލަ ހަރަދުގެ 59 ޕަސެންޓެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ކެޕިޓަލް ހަރަދުތަކަށް 5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް