ads
އެސްޓްރަޒެނެކާގެ ވެކްސިން-
ވެކްސިން ޖެހުމަށް ފަހު ކޮވިޑް ޖެހުނަސް ބަލީގައި ބޮޑުވަރު ނުވާނެ: އެޗްޕީއޭ
ވެކްސިން ޖެހުމަށް ފަހު ކޮވިޑް-19 ޖެހުނަސް ބަލީގައި ބޮޑުވަރު ނުވާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން މިހެން ބުނެފައި މިވަނީ، ކޮވިޑް ވެކްސިން ޖަހާފައި ތިބޭ މީހުންނަށް ވެސް އާ ވޭރިއަންޓް ޖެހޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން، ކޮވިޑުގެ އާ ވޭރިއަންޓް ވެކްސިން ޖަހާފައި ތިބޭ މީހުންނަށް ވެސް ޖެހޭ ކަމަށް ޑރ. އަހުމަދު ފައިސަލް ވެސް ވަނީ ވިދާޅުވެފައެވެ. 

އުމުރުން 18 އަހަރުން މަތީގެ ހައި ރިސްކު މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިއަދު ރާއްޖޭގައި ފަށާފައިވާއިރު، އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރަމުން އަންނަ މީހުން ވެކްސިން ޖެހުން މުހިންމު ވަނީ ކީއްވެކަން ހާމަކޮށް އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ވެކްސިން ޖެހުމަށް ފަހު ކޮވިޑް އަށް ޕޮޒިޓިވް ވިޔަސް ބަލީގައި ބޮޑުވަރު ނުވާނެކަން ޔަގީންކޮށްދޭ ކަމަށެވެ. 

ދިގު މުއްދަތަކަށް ބޭސްކުރަމުންދާ މީހުންގެ ތެރެއިން ވެކްސިން ދެވޭނެ މީހުންގެ ގޮތުގައި އެޗްޕީއޭއިން ހާމަކޮށްފައިވާ މީހުންނަކީ، ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ މީހުންނާއި މި ބައްޔަށް ފަރުވާކޮށް ނިމުނުތާ އަހަރެއް ހަމަނުވާ މީހުންނާއި، ހަކުރު ބަލި ހުންނަ މީހުންނާއި، ހިތުގެ ބަލިތައް ހުންނަ މީހުންނާއި، ސްޓްރޯކެއް ޖެހިފައިވާ މީހުންނާއި، އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން މަތި މީހުންނާއި، ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީބާރު ދަށްވެފައިވާ މީހުންނާއި، ކިޑްނީ ބަލީގެ ސްޓޭޖް 3 އަދި 4 ގެ ބަލިމީހުންނާއި، ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަޙައްމަލުކުރަމުންދާ މީހުންނާއި، ތެލެސީމިއާ މޭޖަރ/ސިކްލްސެލް އެނީމިއާ ހުންނަ މީހުންނާއި، އެދުމަތިވެފައިވާ މީހުންނާއި އެމީހުން ބަލަހައްޓާ މީހުންނެވެ. 

އަދި މީގެ އިތުރުން ވެސް، އެއްވެސް ބައްޔަކާއި ގުޅިގެން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުން ވެކްސިން ޖަހަން އަންނައިރު، ބޭސް ސިޓީ ގެންނަންވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް