ads
ޑރ. ފައިސަލް
ގާތުން ކިރުދޭ މައިންނަށް ވެސް ކޮވިޑް ވެކްސިން ޖެހޭނެ: ޑރ. ފައިސަލް
ގާތުން ކިރުދޭ މައިންނަށް ވެސް ކޮވިޑް ވެކްސިން ޖެހޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާތުން ކިރުދޭ މައިންނަށް ވެސް މި ވެކްސިން ޖެހޭނެ ކަމަށާއި ވެކްސިން ޖެހުމަށް ފަހު ކިރުދޭން ވަކި ވަގުތެއް މަޑު ކުރަން ނުޖެހޭނެ ކަމަށެވެ. 

"ގާތުން ކިރުދޭމައިން ކޮވިޑުގެ ވެކްސިން ޖެހުމަށްފަހު، ކިރުދޭން ވަކި ވަގުތެއް ވަންދެން މަޑުކުރާކަށް ނުޖެހޭނެ. ގައިގައި ރިއްސާ ހުން އަޔަސް އަދި އެކަމަށް ޕެރަސެޓަމޯލް ކެޔަސް ގާތުން ދެވޭނެ، ދިޔާތަކެތި ގިނައިން ބޭނުން ކުރައްވާ! ދެ ދުވަހެއް ތެރޭ ހުމާއި ގައިގަރިއްސުން ފިލާދޭ، ان شاء الله،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް މިހެން ވިދާޅުވެފައި ވާއިރު، ގާތުން ކިރުދޭއިރު ވެކްސިން ޖެހޭނެތޯ އެއީ ވަރަށް ގިނަ މަންމައިންގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ.

އާއްމު ގޮތެއްގައި ގާތުން ކިރުދޭ މައިން ޕެނެޑޯލް ފަދަ ބޭހެއް ކެއުން ވެސް އެދެވިގެން ނުވެ އެވެ. އެންމެ އެދެވިގެން ވަނީ އެއްވެސް ބޭހެއް ކާ ނަމަ އެކަމަށް ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް