ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އަކޫ، ދަގަނޑޭ އަދި އަދުރޭ ---
ދެ ކުޅުންތެރިންނާ މެދު ގައުމު ފަހުރުވެރިވޭ: އަދުރޭ
ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު އަލީ އަޝްފާގް (ދަގަނޑޭ) އަދި އަކްރަމް އަބްދުލްގަނީ (އަކޫ) އަކީ އެ ދެ ކުޅުންތެރިންނާމެދު ގައުމު ފަހުރުވެރިވާ ދެ ކުޅުންތެރިން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
Advertisement

އަދުރޭ މިހެން ވިދާޅުވެފައިވަނީ، ސޯޝަލް މީޑިއާގައި މީހަކު މި ދެ ކުޅުންތެރިންގެ ފޮޓޯއެއް ހިއްސާކޮށް، ދަގަނޑޭ އާއި އަކޫ އަކީ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ، ނުވަތަ ހަރުކަށި ފިކުރުގެ ދެމީހުންކަން ދޭހަވާފަދަ ގޮތަކަށް ކޮށްފައިވާ ޓުވީޓަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން ދަގަނޑޭ އާއި އަކޫ އަކީ ގައުމަށް ރީތި ނަން ހޯދައިދީފައިވާ، ރައްޔިތުންގެ ލޯބި ލިބިގެންވާ ދެ ބަތަލުން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މި ދެ ކުޅުންތެރިންނާމެދު މި ގައުމު ފަހުރުވެރިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ދެ ކުޅުންތެރިންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރުމަކީ ގައުމަށް ވެވޭ ހިޔާނާތެއް ކަމަށެވެ. އަދި އެކަން ހުއްޓާލުމަށް އަދުރޭ ގޮވާލާފައިވެއެވެ.

މީހަކު ދަގަނޑޭ އާއި އަކޫގެ ފޮޓޯއެއް ހިއްސާކޮށް، އެ ދެކުޅުންތެރިންނަށް ނިސްބަތްކޮށް ކުރި މި ޓުވިޓާއެކު ދިވެހިން ވަނީ މި ދެ ކުޅުންތެރިންގެ ދިފާއުގައި ތެދުވެފައެވެ. އެގޮތުން ސަރުކާރުގެ ބޭފުޅުންނާއި އިދިކޮޅު ބޭފުޅުންވެސް މި ދެ ކުޅުންތެރިންގެ ދިފާއުގައި އަޑުއުފުލާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ކުޅިވަރު އާއިލާތަކާއި، ފުޓުބޯޅައާއި ގުޅުން ހުރި އެކި ފަރާތްތަކާއި، ޖަމާއަތްތައް، އަދި ފުޓުބޯޅަ އެސޯސިއޭޝަނުންވެސް ވަނީ މި ދެ ކުޅުންތެރިންގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އަދި މިހާރުގެ ސްޕޯޓްސް ކޮމިޝަނާ އަދި ފުޓުބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްފައިވާ ބޮޑު ހީނާވެސް ވަނީ މި ދެކުޅުންތެރިންނާއެކު ހުންނެވި ކަމަށް ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް