ads
އިދިކޮޅުގެ ރެލީއެއްގެ ތެރެއިން ---
ގައިޑުލައިނާ ހިލާފުވުމަށް މަޖުބޫރު ކުރުވީ ސަރުކާރުން: އިދިކޮޅު ކޯލިޝަން
އެއްފަހަރާ ނުވަ މީހުންނަށްވުރެ އިތުރު ނުވާ ގޮތަށް، ގައިދުރުކޮށް ރޭ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އެޗްޕީއޭގެ ގައިޑުލައިނުތަކާ ހިލާފުވުމަށް މަޖުބޫރު ކުރުވީ ސަރުކާރުން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ރޭގެ މުޒާހަރާއަށްފަހު އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖު ރޭވީ، އެޗްޕީއޭގެ ގައިޑުލައިނުތަކާ އެއްގޮތުގެ މަތިން ނުވަ މީހުނަށް ވުރެ ގިނަ ނުވާނެހެން، ގައިދުރުކޮށް، އެކި ހިސާބުތަކުގައި ތަފާތު މެސެޖުތަކާއި ޝުއޫރުތަކުގެ ބޯޑުތައް ހިފައިގެން ތިބެ އަޑު އުފުލާ ގޮތަށް ކަމަށެވެ. 

ނަމަވެސް އިހުތިޖާޖު ފެށުމާއެކު، ގްރޫޕުތައް ފަހަމުން ގެން ގޮސް، އެޗްޕީއޭ ގައިޑުލައިނުތަކާއި ހިލާފުވާ ގޮތަށް އިހުތިޖާޖުގެ ބައިވެރިން އެއްތަނަކަށް ޖަމާކޮށްފައިވަނީ އެވަގުތު އެ ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓަން އުޅުނު ފުލުހުން ކަމަށް އިދިކޮޅުން ބުނެއެެވެ. އަދި ފުލުހުން އެހެން އަމަލު ކުރީ "ސަރުކާރުގެ އަމުރަށް" ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން ފުލުހުން ވަނީ އިހުތިޖާޖު ރޫޅާލުމަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައި ކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ގަސްދުގައި އަނިޔާ ދިން މަންޒަރު ފެނުނު ކަމަށް ބުނެފައިވެއެވެ.

ރޭގެ އިހުތިޖާޖުގެ ބައިވެރިންނާއި މެދު އަމަލު ކުރިގޮތް އެ ކޯލިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ބުނެ އެވެ. އަދި ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި ދިވެހި ރައްޔިތުންނަށް އަނިޔާވާނެ ފަދަ ގޮތަކަށް ކަންކަން ނުކުރުމަށް އެ ކޯލިޝަނުން ގޮވާލާފައިވެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް