ads
ފޮޓޯ: ޕޮލިސް
ކާފިއު ގަޑީގައި ބޭރުގަައި އުޅުމަށް ކުރިން ދޫކުރި ފާސްތައް ބަލައެއް ނުގަންނާނެ: ފުލުހުން
ކާފިއު ވަގުތުގައި ބޭރުގައި އުޅުމަށް، ކުރިން ލޮކްޑައުން ކޮށްފައި އޮތްއިރު ދޫކޮށްފައި ހުރި ފާސްތައް ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ފާސްތައް މިހާރު ބަލައި ނުގަންނާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވާއިރު، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތުގައާއި، ކާފިއު ވަގުތުގައި، ބޭރުގައި އުޅުމަށް، ކުރިން މާލެ ލޮކްޑައުން ހާލަތުގަ އޮތްއިރު ދޫކޮށްފައިވާ ފާސްތައް މިހާރު ބަލައި ނުގަންނާނެ ކަމަށެވެ.  

އަދި އެ ފާސްތައް، ބައެއް އާންމު ފަރުދުންނާއި ވިޔަފާރިތަކުން، މިހާރުވެސް ބޭނުންކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އެގޮތުން ފުލުހުން ބުނީ އެއީ ސައްހަ ފާސްތަކެއް ކަމަށް މިހާރު ބަލައި ނުގަންނާނެ ކަމަށެވެ. 

މީގެއިތުރުން ފުލުހުން ވަނީ ވެހިކަލް ދުއްވުން މަނާ ވަގުތުގައާއި ކާފިއުގަޑީގައި ޒަރޫރީ ބޭނުކަމަށް ބޭރުގައި އުޅުމަށް ހުއްދައަށް އެދުމަށް "ޕޮލިސް ޕާމިޓް ޕޯޓަލް" މިހާރު ހުޅުވާލެވިފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން އަދާކުރާ ވަޒީފާއަށް ޑިއުޓީއަށް ދިއުމަށާއި، އެއާޕޯޓް ޓްރާންސްފާ އަށާއި، އެމަޖެންސީ ހާލަތްތަކުގައާއި، ކެފޭ ރެސްޓޯރެންޓް ތަކުގެ ޑެލިވަރީގެ ހިދުމަތަށް މި ޕޯޓަލް މެދުވެރިކޮށް ހުއްދަ ދޫކުރާނެކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް