ފުލުހުން ބުނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރާ މި މައްސަލައިގެ ތުހުމަތުގައި ހޯދަމުން އަންނަނީ ދެ ބިދޭސީން ކަމަށެވެ.
އެއީ ތާރާ މިއަ (38 އަހަރު) އާއި ކަމާލް (36 އަހަރު) ކަމަށް ފުލުހުން ބުނެއެވެ. މި ދެމީހުންނަކީވެސް ބަންގްލަދޭޝް މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ހޯދަމުން އަންނަ ދެ ބިދޭސީން ---
މި ދެމީހުންނާ ގުޅެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދިފައިވެއެވެ.
މިފަދަ މައްސަލަތަކުގައި ރައްޔިތުން ފުލުހުންނަށް ދޭ އެއްބާރުލުމަށް ފުލުހުން ޝުކުރު ދެންނެވިއެވެ.