ads
ކަސްޓަމްސް ޑިކްލެއާ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ.. ފޮޓޯ: ކަސްޓަމްސް
ގަވާއިދާއި ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ފައިސާތަކެއް އަތުލައިގެންފި
ކަސްޓަމްސްއަށް ޑިކްލެއާ ނުކޮށް، ގަވާއިދާއި ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ތަކެއް އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މި ފައިސާތަށް ފެނިފައިވަނީ މިއަހަރުގެ ފެބްރުވަރީ 12 ވަނަ ދުވަހުގެ ހެނދުނު 07:30 ގައި ބަންގަލަދޭޝްގެ ޑާކާއަށް ފުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ ފްލައިޓަކުން ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ބަންގްލަދޭޝްގެ 34 އަހަރުގެ ފިރިހެނެއްގެ އަތުން ކަމަށެވެ. 

ކަސްޓަމްސްއިން ބުނީ އޭނާގެ އަތުން ތަފާތު އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާއި، އެ ފައިސާތަކުގެ އަގު ދިވެހި ރުފިޔާއިން ބަލާނަމަ 1,143,278.27 (އެއްމިލިއަން ސަތޭކަ ސާޅީސް އަށް ހާސް ދުވިސައްތަ ހަތްދިހަ އަށް ރުފިޔާ ހަތާވީސް ލާރި) އަރާކަމަށެވެ. 

މީގެއިތުރުން މިމައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. 

މަނީ ލޯންޑަރީން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން، 10,000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު، ނުވަތަ އެއަދަށްވާ ދިވެހި ރުފިޔާ، ނުވަތަ ބޭރުފައިސާ، ދިވެހިރާއްޖެއިން އެތެރެކުރާ، ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާނަމަ ކަސްޓަމްސްއަށް ޑިކްލެއާ ކުރަންޖެހެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް