ads
ފޮޓޯ: ޕޮލިސް
ކާފިއު ވަގުތުގައި ބޭރުގައި އުޅުމަށް މީޑިއާތަކަށް ހާއްސަ ހުއްދައެއް ދޫކުރަނީ
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތުގައާއި، ކާފިއު ވަގުތުގައި، ބޭރުގައި އުޅުމަށް މީޑިއާތަކަށް ހާއްސަ ފާހެއް ދޫކުރުމަށް ފުލުހުންނާއި މީޑިއާ ކައުންސިލުން ނިންމައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި ކާފިއު ގަޑިތަކުގައާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ގަޑިތަކުގައި، ނޫސްވެރިން ބޭނުންކުރުމަށް ހާއްސަ ފާހެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ވަކި ހާއްސަ އިޖުރާއަތެއް ކަނޑައެޅުމަށްފަހު ފާހަހަށް ހުށަހެޅުމަށް މިމަހުގެ 17 ވަނަ ދުވަހު ހުރިހާ މީޑިއާ ތަކަކަށް ހުޅުވާލާނެ ކަމަށާއި، އަދި 23 ފެބްރުއަރީ 2021 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ނޫސްވެރިން މިހާރު
ވެސް ބޭނުން ކުރަމުން ގެންދާ މީޑިއާ ފާސް ބޭނުން ކުރެވޭނެ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ. 

އަދި މި ނިންމުން ނިންމާފައިވާނީ، ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާއި ގުޅިގެން، މީޑިއާތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެކު މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުން ކަމަށްވެސް ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް