ads
ފޮޓޯ: ސުވަދީބް
އެމްއާރުއެމްގެ އިންތިގާލީ ރައީސް އަކަށް މައުމޫން
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ އިންތިގާލީ ރައީސަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިންތިހާބުވެ ވަޑައިގެންފިއެވެ.
Advertisement
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ އިންތިގާލީ ރައީސަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިންތިހާބުވެ ވަޑައިގެންފިއެވެ.

އެމްއާރްއެމްގެ ރައީސަކަށް މައުމޫން އިންތިހާބުވެ ވަޑައިގެންނެވީ، ބުރާސްފަތި ދުވަހުގެރޭ އެމްއާރްއެމް އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.

އެ ޖަލްސާގައި ޕާޓީގެ ނަމާއި, ލޯގޯ އަދި އަސާސީ ގަވާއިދު ވަނީ ފާސްކޮށްފައެވެ. ޕާޓީގެ ނަން ގޮތުގައި ''ދިވެހި އިސްލާހީ ހަރަކާތް'' ވަނީ ހުރިހާ މެމްބަރުންގެ ޢައުލަބިއްޔަތުން ފާސްވެފައެވެ.

ޕާޓީގެ ލޯގޯ އަށް ތިން ލޯގޯ އެއް ހުށައެޅުނެވެ. އެ ލޯގޯގެ ތެރެއިން ފާސްވީ ރައީސް މައުމޫނު ވެސް ތާއިދު ކުރެއްވި ލޯގޯއެވެ. 156 މީހުންގެ ވޯޓާއި އެކު ފާސްކުރި ލޯގޯގެ ޝިޔާރަކީ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް