ads
އެެމެރިކާގެ ރައީސް ޖޯ ބައިޑެން:-
ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓުން ސަލާމަތް އެމެރިކާއިން ހާއްސަ ފިޔަވަޅުތަކެއް
ކޮވިޑް 19 ގެ އާވޭރިއަންޓެއް ހަލުވިކަމާއެކު ދިނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނާތީ އެކަމުން ސަލާމަތް ވާން ހާއްސަ ފިޔަވަޅުތަކެއް އެމެރިކާގެ ކެބިނެޓުގެ މިނިސްޓަރުންނާއި އާންމުން އެޅުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ މަޝްވަރާ ގްރޫޕުން ނަސޭހަތްތެރިވެއްޖެއެވެ.

އެގޮތުން އެގޮތުން އެ ގްރޫޕުން ވަނީ ކެބިނެޓުގެ މިނިސްޓަރުން އެން 95 މާސްކު ބޭނުންކުރުން މަޖުބޫރު ކުރުމަށް ނަސޭހަތްތެރިވެފައެވެ. 

މިނިސްޓަރުންނާއި، ސިޔާސީ އިސް ބޭފުޅުން އާންމުންގެ ތެރެއަށް ނުކުމެ އުޅުނަސް، ގައިދުރުކަމާއި، ސާފުތާހިރުކަން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އެދިފައެވެ. އަދި ގިނަ ގިނައިން އަތް ދޮވުމާއި، ސެނިޓައިޒާ ފަދަ ތަކެތީގެ ބޭނުން ޖެހިއްޖެ ހިނދެއްގައި އެތަކޭތީގެ ބޭނުން ހިފުމަށް ވެސް ވަނީ އެދިފައެވެ. 

ކޮވިޑް 19 ގެ ނުރައްކާތެރި ވޭރިއަންޓެއް ވަނީ އިނގިރޭސި ވިލާތުން ހޯދާފައެވެ. 

އެ ގްރޫޕުން ވަނީ އެމެރިކާގެ މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންވެސް މަސައްކަތުގެ މާހައުލުގައި ވެސް އެން 95 މާސްކު އެޅުން މަޖުބޫރުކުރަން އެދިފައެވެ. 

އަދި ކޮރޯނާއިން ސަލާމަތްވުމަށް ބޭނުންކުރާ މަސްކު ވިއްކާއިރު، އެ މާސްކު ޕެކެޓުގައި ލޭބަލް ކޮށް ސަލާމަތްކަން ލިބޭ މިންވަރު އަންގައިދޭން ވެސް އެމެރިކާއިން ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް